މ. އަތޮޅު ރައްޔިތުން ރައީސް ޔާމީނަށް ވޯޓެއް ނުދޭ - ދިނީ ރައީސް މައުމޫނަށް، އެކަން މިފަހަރުގެ ވޯޓުން ދައްކާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މ. އަތޮޅު ރައްޔިތުން ރައީސް ޔާމީނަށް ވޯޓެއް ނުދޭ - ދިނީ ރައީސް މައުމޫނަށް، އެކަން މިފަހަރުގެ ވޯޓުން ދައްކާނެ!
މ. އަތޮޅު ރައްޔިތުން އެއްވެސް އިރަކު ރައީސް ޢަބްދުﷲ ޔާމީނަށް ވޯޓު ނުދޭ ކަމަށާއި ރައިސް ޔާމީނުގެ ނަންފުޅަށް ދިން ވޯޓަކީ ރައީސް މައުމޫނަށް އެރުވި ވޯޓެއް ކަމަށާއި އެކަން މިފަހަރުގެ ވޯޓުން ރައްޔިތުން ދައްކާނެ ކަމަށް ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ކޯލިޝަނުން ދިއްގަރުގައި ރޭ ބޭއްވި ޖަލްސާގައި ނިޝާން ވިދާޅުވީ ދިއްގަރަކީ ކިތަންމެ ކުޑަރަށެއް ނަމަވެސް ރަށުގެ ރައްޔިތުން ބޭނުންވެގެން ތިބި ކަންތައްތަކެއް އެބަހުރި ކަމަށެވެ. "އަޅުގަނޑުމެން ހީކޮށްތިބީ މިރަށަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި މިރަށުގައި ދައްކަވާނީ މިރަށަށް ބޭނުންވެގެން ތިބި ކަންތައްތަކުގެ ވާހަކަތައް ކަމަށް. އެކަމަކު އެހެނެއް ނޫން އެކަންތައްވީ. މިރަށުގައި ހުންނަވައިގެން ދެއްކެވީ އެހެން ރަށްރަށަށް ކޮށްދެއްވާނެ ކަމުގެ ވާހަކަ."

އަހްމަދު ނިޝާން ވިދާޅުވީ ދިއްގަރުން ގޯތި ބޭނުންވެގެން މިހާރު ވެސް 300 ވަރަކަށް މީހުން އެބަ ތިބި ކަމަށާއި ނަމަވެސް ދެވެން އޮތީ ގިނަވެގެން 24 ވަރަކަށް ގޯތި ކަމަށެވެ. އެހެންކަމުން ރަށަކީ ވަރަށް ބޮޑަށް ބިމުގެ ދަތިކަން އިޙްޞާޞްކުރަންޖެހިފައިވާ ރަށެއް ކަމަށެވެ.

ނިޝާން ވިދާޅުވީ ދިއްގަރަކީ ރައީސް މައުމޫނަށް ތާއީދުކުރާ ވަރަށް ގިނަ ބައަކު ދިރިއުޅޭ ރަށެއް ކަމަށާއި ރައީސް މައުމޫން ޖަލުގައި ބަންދުކޮށްފައި ބަހައްޓައިގެން ދެމުން ގެންދާ އަނިޔާތައް ރައްޔިތުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން