ކޮޅުމަޑުލު ކިނބިދޫއަށް މިސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ލިބިފައިވަނީ ފުޓްސެލް ދަނޑަކާއި ބޭސްފިހާރައެއް އެކަނި ކަމަށް ރަށުގެ ރައްޔިތަކު ބުނެފިއެވެ.
ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަށް މަރުހަބާ ކިޔުމަށް އެރަށުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވާހަކަ ދެއްކި މީހާ ބުނީ އެރަށަކީ ވެސް ރަށްގިރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެއް ކަމަށެވެ.
އަދި އެރަށަކީ އާބާދީއަށް ބަލާއިރު 4 ވަނައަށް އެންމެ މީހުން ގިނަ ރަށް ކަމަށްވާއިރު މިއީވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ހަމައެއާއިއެކު އާބާދީގެ ގޮތުން މީހުން މާމަދު ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ މަަޝްރޫއުތައް ހިންގާއިރު އެރަށުގައި ނުހިންގާތީ ކަންބޮޑުވާ ކަމަށެވެ.
ދާއިރާގެ މެންބަރު ﷲ ރިޔާޟް މިނިވަންކަމާއިއެކު ހުންނެވިއިރު އެރަށުގެ ތަރައްޤީއަށްވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެއްވެވި ކަމަށް ބުނެ ރިޔާޟް ޖަލުގައި ބަންދުކޮށްފައި ބަހައްޓާތީ ރައްޔިތުން ކަންބޮޑުވާކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.