ފައުޅުގަ ވައުދުތައް ބޮލާލާ ޖެއްސެވި ރައީސަކަށް ތާއީދުކުރާކަށް ނުޖެހޭ: މަލީޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ފައުޅުގަ ވައުދުތައް ބޮލާލާ ޖެއްސެވި ރައީސަކަށް ތާއީދުކުރާކަށް ނުޖެހޭ: މަލީޙް
ރައްޔިތުންގެ ކުރިމަތީގައި ހުއްޓިވަޑައިގެން ވައުދުތައްވެވަޑައިގަތުމަށްފަހު ފައުޅުކަންބޮޑު ގޮތެއްގައި ވައުދުތައް ބޮލާލައި ޖެއްސެވި ރައީސަކަށް ތާއީދުކުރަން ނުޖެހޭ ކަމަށް މިސަރުކާރުގެ ފުރަތަމަ ޔޫތް މިނިސްޓަރު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ކޯލިޝަނުގެ ފަރާތުން ރޭ ދިއްގަރުގައި ބޭއްވި ބައްދަލުވުމުގައި މަލީޙް ވިދާޅުވީ އެންމެ އާދައިގެ ކަންކަމަށް ބަލާއިރު ދިރިއުޅުއްވާނީ އަމިއްލަފުޅު ގެކޮޅުގައި ކަމަށް ރައީސް ޢަބްދުﷲ ޔާމީން ރައްޔިތުންގެ ކުރިމަތީގައި ހުންނަވައިގެން ވިދާޅުވި ކަމަށާއި ނަމަވެސް ފެނިގެން ދިއައީ ރައްޔިތުންގެ ފައިސާއިން ދޫވެހި ތަރައްޤީ ކުރެއްވުމަށްފަހު ގެ ވެސް ވިއްކަވާލައްވައި ހިލާލީގޭގައި ދިރިއުޅުއްވަން ފެށްޓެވިތަން ކަމަށެވެ.

މަލީޙް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ނަންގަވާނީ މުސާރައިގެ ދެބައިކުޅައެއްބައި ކަމަށްވިދާޅުވެ ވައުދުވެވަޑައިގަތުމަށްފަހު މިހާރު އެގެންދަވަނީ ހަމަ މުސާރަ ނަންގަވަމުން ކަމަށެވެ. "އެހެންވީމާ އަމިއްލަފުޅު ޝަޚުޞާއި ގުޅުންހުރި ކަންކަމުގަ އަމަލުކުރެއްވި ގޮތް މިއޮތީ ފެންނަން. ދެން ކިހިނެއްތޯ އެފަދަ ބޭފުޅަކަށް އަޅުގަނޑުމެންނަށް އިތުބާރު ކުރެވޭނީ؟ އިތުބާރުކުރަން ހެޔޮވެދާނެތޯ؟" މަލީޙް ވަނީ ސުވާލުކުރައްވައިފައެވެ.
މިއަދު އޮންލައިން