ހޮސްޕިޓަލުގެ އިމަރޖެންސީތައް އަބަދު ފުރިފައި އޮންނަނީ ސީއްޙީ މައްސަލަތަކަށް ސަމާލުކަން ނުދޭތީ - ކޯލިޝަނުން ދޭނަން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ހޮސްޕިޓަލުގެ އިމަރޖެންސީތައް އަބަދު ފުރިފައި އޮންނަނީ ސީއްޙީ މައްސަލަތަކަށް ސަމާލުކަން ނުދޭތީ - ކޯލިޝަނުން ދޭނަން: ފައިޞަލް
މާލޭގެ ހޮސްޕިޓަލުތަކަށް ބަލައިފިނަމަ ފެންނަނީ އިމަރޖެންސީތައް އަބަދުވެސް ފުރިފައި އޮންނަތަން ކަމަށާއި އެގޮތަށް ކަންތައްތައް މެދުވެރިވަމުން ދަނީ ޢާންމު ޞިއްޙަތު ސަލާމަތްކުރަން ދޭން ޖެހޭ ސަމާލުކަން ނުދެވޭތީ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގައި ޢާންމު ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ބަލިތައް މަދު ކުރައްވަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ކޮޅުފުށްޓަކީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިިމްރާން ޢަބްދުﷲ އެރަށަކަށް ނިޞްބަތްވެވަޑައިގަންނަވާ ރަށްކަން ފާހަގަކުރައްވައި ފައިޞަލް ވަނީ ޝައިޚް އިމްރާނަށް ލިބިވަޑައިގަންނަވަމުންދާ އަނިޔާތަކަށް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.

ފައިޞަލް ވިދާޅުވީ ޝައިޚް އިމްރާން އަކީ ވަފާތެރިކަމާއި ސާބިތުކަމާއި އިޚްލާޞްތެރިކަމާއިއެކު ޤައުމަށް ޚިދުމަތް ކުރުމުގައި ފަހުގެ ތާރީޚުން ފެނިފައިވާ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެއް ކަަމަށެވެ.

ފައިޞަލް މިއަދުވެސް ވިދާޅުވީ ރާއްޖޭގައި ނުހައްޤުން ބޮޑެތި އަނިޔާތައް ލިބެމުންދާ މީހުން ވަރަށް ގިނަވެ ކޮންމެ ޢާއިލާއަކުން އެކުކުހެން ވަނީ ޖަލުބަންދުގައި ކަމަށެވެ. އެހެންކަމުން ކޯލިޝަނުގެ ވެރިކަމެއްގައި އިންސާފު ޤާއިމުކޮށް މި މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ.
މިއަދު އޮންލައިން