ވިލާ ކޮލެޖުން އާ ދެކޯހެއް ތަޢާރަފްކޮށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 20ސ
ވިލާ ކޮލެޖުން އާ ދެކޯހެއް ތަޢާރަފްކޮށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ވިލާ ކޮލެޖުން އައު ދެކޯހެއް ތަޢާރަފްކޮށް އަންނަމަހުގެ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުގައި އިއްޔެއަކީ ވިލާ ކޮލެޖްގެ ސެޕްޓެމްބަރު މަހު ފެށޭ ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ތާރީޚެވެ. ނަމަވެސް ގިނައަދަދެއްގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށްޓަކައި މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށްވަނީ މުއްދަތު އިތުރުކޮށް ދީފައި ވެއެވެ.

އަންނަ މަހު ފެށިގެންދާ މި ދެ ކޯހަކީ ފައުންޑޭޝަން އިން ސައިކޮލޮޖީއާއި މާސްޓާސް އޮފް ޓީޗިން އިސްލާމިކް ސްޓަޑީޒް އެވެ. މާސްޓާސް އޮފް ޓީޗިންގެ ކޯހަކީ މަތީ ސާނަވީ އިސްލާމްގެ މަންހަޖަށް އަލަށް ގެނެވުނު ބަދަލުތަކަށް ޓީޗަރުން އަހުލުވެރިކުރުމަށް އަމާޒުކޮށް ބޭއްވިގެންދާ ފްރޮގްރާމެކެވެ.

އަންނަ މަހު ވިލާ ކޮލެޖްގައި ފެށޭ އިންޓޭކުގައި މެރިން ސައިންސް ގެ ދާއިރާއިން އަށް ކޯހެއް ފެށުމަށް ހަމަޖެހިފައި ވެއެވެ. އަދި ތަފާތު ސެޓްފިކެޓް ލެވެލްތަކުގެ ޖުމްލަ 22 ކޯހަކާއި އެޑްވާންސް ޑިޕްލޮމާގެ ތިން ކޯހެއްގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ 18 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިގްރީގެ 13 ކޯހަކާއި ޑިގްރީ ފެންވަރުގެ ކޯސް ހިމެނެއެވެ.

ވިލާކޮލެޖްގައި ވަނީ އެކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހަކަމާއެކު ކޯސްފީއަށް ފައިސާ ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާ ދީފައެވެ. އެގޮތުން މަހުން މަހަށް ވަކި އަދަދެއް ދައްކައިގެން ފައިސާ ދެއްކުމާ އަދި މޯލްޑިވްސް އިސްލާމިކް ބޭންކް ގެ ފައިނެންޝަލް ފެސިލިޓީގެ އެހީ ހޯދައިގެން ވެސް ކޯސްފީދެއްކޭނެ ގޮތް ހަމަޖައްސާފައިވެއެވެ.
މިއަދު އޮންލައިން