ޝިޔާމް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފާނެ 2 ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޝިޔާމް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފާނެ 2 ސަބަބު!
އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުޙައްމަދު ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެވަޑައިގެން އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފާނެ ކަމަށް ބުނެ ތަފާތު އަޑުތައް ދަނީ ފެތުރެމުންނެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނަނީ އިދިކޮޅު ކޯލިޝަނާއި ޝިޔާމް ގުޅިވަޑައިގެންފާނެ މައިގަނޑު 2 ސަބަބެއް އެބައޮތް ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ފުރަތަމަ ސަބަބަކީ މިއަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވާނެކަން ޝިޔާމަށް އެނގިވަޑައިގެންފައި އޮތުން ކަމަށް ވެދާނެ ކަމަށެވެ.

"ޝިޔާމަށް އެނގިވަޑައިގަންނަވާނެ މިހާރުވެސް ރިޔާސީ އިންތިޚާބު މިއަހަރު ނުބާއްވާނެނަމަ އެކަން ވަރަށް ރަނގަޅަށް. އެހެންވީމާ ޝިޔާމަށް އެނގިވަޑައިގަންނަވާނެ އިންތިޚާބު ނުބާއްވައިފިނަމަ އީޔޫ އިން ފިޔަވަޅު އަޅާނެކަން ވެސް. އެހެންވީމާ އެފިޔަވަޅުގައި ތާށިވާން ބޭނުން ނުވަނީ ކަމަށްވެދާނެ."

ދެވަނަ ސަބަބެއްގެ ގޮތުން ގިނަ ބައަކު ފާހަގަކުރަނީ މިސަރުކާރުގެ ވައްކަމާއި ކޮރަޮޕްޝަނުގެ އަމަލުތައް ޝިޔާމަށް އެނގިވަޑައިގަންނަވާނެއިރު އެކަންކަމާއިމެދު ރައްޔިތުން ރުޅިގަދަވެގެން ތިބި މިންވަރުވެސް ޝިޔާމަށް އެނގިވަޑައިގަންނަވާނެ ކަމެވެ. އަދި މިފަހަރުގެ އިންތިޚާބުގައި ބޮޑުތަނުން ބަލިވާނެކަން ވެސް ޝިޔާމަށް އެނގިވަޑައިގަންނަވާނެ ކަމެވެ.

"އެމްޑީއޭ އަކީ ޕީޕީއެމަށްވުރެ މާދޮށީ ޕާޓީއެއް. މާވަރުގަދަ އުންމީދުތަކެއްގައި ޝިޔާމް ކުރައްވާފައިވާ މަސައްކަތެއް އެއީ. އެމްޑީއޭ އުފެއްދެވުމަކީ. އެހެންވީމާ މާފަހުން އުފެދުނު ޕީޕީއެމެއްެގެ ފައިދަށުވެ ޗިސްވުމަކަށް ޝިޔާމް އެމްޑީއޭ ދޫކޮށެއް ނުލައްވާނެ." ކަމަށް ވެސް ބުނެއެވެ.

މިއީ ހައްތާވެސް މިކަމާއި ގުޅިގެން އަމިއްލަ ފަރާތްތަކުގެ ޚިޔާލުތަކެވެ. މިމައްސަލަ މިހާރުވެފައިވަނީ ސިޔާސީ ހޮޅުއަށިތަކުގައި އެންމެ ހޫނުކޮށް ބަހުސް ކުރެވޭ އެއް މައްސަލައަށެވެ.
މިއަދު އޮންލައިން