ހުއްދަ ނުހޯދައި ޖަގަހައެއް ހިންގަމުންދާތީ ހުޅުމާލޭގެ އިދިކޮޅު ކޯލިޝަން ޖަގަހަ ހުރި އިމާރާތުގެ ވެރިފަރާތް ޖޫރިމަނާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ހުއްދަ ނުހޯދައި ޖަގަހައެއް ހިންގަމުންދާތީ ހުޅުމާލޭގެ އިދިކޮޅު ކޯލިޝަން ޖަގަހަ ހުރި އިމާރާތުގެ ވެރިފަރާތް ޖޫރިމަނާކޮށްފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ނުހޯދައި ޖަގަހައެއް ހިންގަމުންދާތީ ހުޅުމާލޭގައި އިދިކޮޅު ކޯލިޝަންގެ ޖަގަހަ ހުރި އިމާރާތުގެ ވެރިފަރާތް ޖޫރިމަނާކޮށްފިއެވެ.

ޖޫރިމަނާކުރީ ނިރޮޅުމަގުގައި ހުރި އަމިއްލަ މީހެއްގެ އިމާރާތުގައި ހިންގަމުންދާ ޖަގަހައެވެ. އެ އިމާރާތުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވަނީ 10،000ރ. އިންނެވެ.

މިފައިސާ މިހާރުވަނީ އެޗުޑީސީއަށް ދައްކާފައި ކަމަށް މައުލާމާތުވަނީ ލިބިފައެވެ.

އެޗްޑީސީ އިން ބުނެފައިވަނީ ހުޅުމާލޭގައި ހުއްދަ ނުހޯދައި އެއްވެސް ފަރާތަކުން ޖަގަހައެއް ހިންގާ ނަމަ، އެ ކުންފުންޏަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ހުއްދައަށް އެދި ހުށަހަޅައިފިނަމަ، ހުއްދަ ދޭން ތައްޔާރަށް ތިބިކަމަށްވެސް އެޗްޑީސީ އިން ބުނެފައިވެއެވެ.



މިއަދު އޮންލައިން