އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި އުމަރު ނަސީރު ހޯއްދަވައިފި

ކިޔުމަށް ހޭދަވާނީ 32ސ
އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި އުމަރު ނަސީރު ހޯއްދަވައިފި
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު، އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި ހަމަކުރައްވައިފިއެވެ.

ޤާނޫނު ބުނާގޮތުން، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނަމަ މަދުވެގެން 1500 މީހުންގެ ތާއީދު ހޯދަން ޖެހެއެވެ.

ހޯމް މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ އުމަރު ނަސީރު، މިކަމާ ގުޅޭގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާތަނަށް 2022 ސޮއި ލިބިފައިވާ ކަމަށާއި އިންތިހާބާއި ގުޅޭގޮތުން އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށެވެ.
މިއަދު އޮންލައިން