ބޮޑުތަކުރުފާނުމަގު ކާނިވާ ސަރަހައްދު ގައި މިރޭ ތާރު އަޅާތީ ސަމާލުވުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ބޮޑުތަކުރުފާނުމަގު ކާނިވާ ސަރަހައްދު ގައި މިރޭ ތާރު އަޅާތީ ސަމާލުވުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ
މާލޭ ބޮޑުތަކުރުފާނުމަގު ކާނިވާ ސަރަހައްދު ގައި މިރޭ ތާރު އަޅާތީ އެ ސަރަހައްދުގައި އުޅޭ މީހުން ސަމާލުވުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ

ހައުސިން މިނިސްޓްރީން ބުނެފައިވަނީ ބޮޑުތަކުރުފާނު މަގުގައި ވަނީ އޭބީސީ ލޭޔަރު އަޅާ ނިންމާފައިކަމަށާއި މިރޭ ކުރިއަށް ދާނީ ތާރު އެޅުމުގެ ކުރިން އޭބީސީ ލޭޔަރަށް ކެމިކަލް ޖެހުމުގެ މަސައްކަތް ކަމަށެވެ.

މިމަސައްކަތް ކުރިއަށްދާއިރު ސަމާލުވުމަށް އެދުނީ އެކެމިކަލްގައި ވަރަށް ވަރުގަދަ ވަހެއް ހުންނާނެތީ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތާރު އަޅައި ރަނގަޅުފެންވަރަކަށް އެމަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ދަނީ ކުރަމުންވެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނީ ބްރިޖް ނިމެންވާއިރަށް ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތް ވެސް ނިމޭނެކަމަށެވެ.

މިއަދު އޮންލައިން