ބިޒްނަސް ބްރޭކްފާސްޓެއް ވިލާ ކޮލެޖުން ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ބިޒްނަސް ބްރޭކްފާސްޓެއް ވިލާ ކޮލެޖުން ބާއްވައިފި
އެކި ދާއިރާތަކުގެ އިސްބޭފުޅުންނާ އެކު ބިޒްނަސް ބްރޭކްފާސްޓެއް ޗަމްޕާ ސެންޓްރަލް ހޮޓަލް ގައި ވިލާ ކޮލެޖުން ބާއްވައިފިއެވެ.

މިއަދު ބޭއްވި ބިޒްނަސް ބްރޭކްފާސްޓްގައި ސަރުކާރާއި އަމިއްލަ ދާއިރާތަކުގެ އިސްބޭފުޅުންގެ އިތުރުން ސްކޫލްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާއިރު ތައުލީމީ ދާއިރާގައި ދަރިވަރުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ކުރިއަރުވައި ތަރައްގީ ކުރަން ދެވޭނެ އެހީތަކާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.



މި ބިޒްނަސް ބްރެކްފާސްޓްގެ ތެރޭގައި ވަނީ ބައެއް ކުންފުނި ތަކަށް ހަނދާނީ ފިލާ ދީފައެވެ. އޭގެތެރޭގައި މިދިޔަ އަހަރު ވިލާ ކޮލެޖުގައި ކިޔަވަން އެންމެ ގިނަ ދަރިވަރުން ސްޕޮންސާ ކުރި ދެ ފަރާތް ކަމަށްވާ، ޔުނިވާސަލް އެންޓަޕްރައިޒަސް އަދިި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީވެސް ހިމެނެއެވެ.



ވިލާ ކޮލެޖުން ކޮންމެ އަހަރަކު އަންނަނީ ބިޒްނަސް ބްރެކްފާސްޓް ބާއްވަމުންނެވެ.
މިއަދު އޮންލައިން