ޤާނޫނު އަސާސީއަށް 10 އަހަރު ފުރޭއިރު މިވަނީ ހުރިހާ މާއްދާއެއް ބަދަލުކޮށްފަ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޤާނޫނު އަސާސީއަށް 10 އަހަރު ފުރޭއިރު މިވަނީ ހުރިހާ މާއްދާއެއް ބަދަލުކޮށްފަ: އިބޫ
ރާއްޖޭގައި އަމަލުކުރަމުން މިދާ ފެހި ްާނޫނުއަސާސީއަށް މިމަހުގެ 8 ވަނަ ދުވަހު 10 އަހަރު ފުރޭއިރު ޤާނޫނު އަސާސީގެ ހުރިހާ މާއްދާތަކަށް ވަނީ ބަދަލު ގެނެސްފައިކަމަށާއި އެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން ޙައްޤުތައް ވަނީ ނިގުޅައި ގެންފައި ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ތ. ތިމަރަފުށީގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިތާ 10 އަހަރު ފުރޭއިރު އެ ޤާނޫނއަސާސީގެ ހުރިހާ ބާބަކާއިވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ޚިލާފްވެފައި ކަމަށެވެ.

އއިބޫ ވިދާޅުވީ2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހު ތޞްދީޤްކުރެވު ގާނޫނުއަސާސީ ދިވެހިން ބަލައިގަތީ ފޮނި އުންމީދު ތަކަކާއިއެކު ކަމަށާއި ނަމަވެސް އެ ޤާނޫނު އަސާސީން މިއަދު ތަންފީޒު ކުރަމުން ދަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ބާރުތައް ލިބޭ މާއްދާ އެކަނި ކަމަށެވެ.

އިބޫ ވިދާޅުވީ ރައްޔިތުން ފެހި ގާނޫނުއަސާސީގައި ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ބޭނުންވާ ކަންކަން އެކުލެވިގެން ވާނެ ކަމަށާއި ބާރުތައް ވަކިކޮށް، މިނިވަން މުއައްސަސާތައް އެކުލަވާލާފައި ވާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަ ވަނީ ގާނޫނުއަސާސީގެ ބާބުތަކުގެ ތެރެއިން 15 ވަނަ މާއްދާ އެކަނި ކމަށާއި އެމާއްދާއިންވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރުގެ މާއްދާ އެކަނި ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން