ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިދިނުން އެދި ޙުސްނުއްސުޢޫދު ސްޕްރީމް ކޯޓަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިދިނުން އެދި ޙުސްނުއްސުޢޫދު ސްޕްރީމް ކޯޓަށް!

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިދިނުން އެދި ޤާނޫނީ ވަކީލް ޙުސްނުއްސުޢޫދު ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅެއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަދި މިހައިތަނަށް ބުނަމުން އަންނަނީ ރިޔާސީ އިންތިޚާބު ބާއްވާނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެދުވަސް ދިމާވާނީ ހަފްތާ ފެށޭ އާދީއްތަ ދުވަހަކަށެވެ.

ރާއްޖޭގައި މިހައިތަނަށް ބޭއްވި މިފަދަ އިންތިޚާބުތައް ބާއްވާފައިވަނީ ރަސްމީ ބަންދުވަސްތަކުގައެވެ. ހުސްނުއްސުޢޫދް މައްސަލަ ހުށަހަޅުއްވާފައިވަމީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވަނީ ވޯޓުލާ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ހެދުމަށް އެކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް މިހައިތަނަށްވެސް އެފަދަ އެއްވެސް މަސައްކަތެއް ކުރިކަން ހާމަކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން