ރާއްޖޭގެ މޭވާތަކަށް ވަނީ ޚާއްޞަކަމެއް ލިބިފަ- އެކްސްޕޯޓް ކުރެވޭނެ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރާއްޖޭގެ މޭވާތަކަށް ވަނީ ޚާއްޞަކަމެއް ލިބިފަ- އެކްސްޕޯޓް ކުރެވޭނެ: އިބޫ

ރާއްޖޭގައި އުފައްދާ ތަކުރާރީ އާއި މޭވާގެ ބާވަތްތަކަށް ވަނީ ޚާއްޞަކަމެއް ލިބިފައި ކަމަށާއި އެހެންކަމުން އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ހޯދޭނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިމޭރުމުން ވިދާޅުވީ ހައްދުންމަތީގެ ރަށްތަކަށް މިއަދު ފެށްޓެވި ދަތރުުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ލ. އިސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާި ވާހަކަފުޅު ދައްކަވަމުންނެވެ.
އިބޫ ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަށް ފަދައިން އިސްދޫއަށް ބޭނުންވެެފައިވާ ކަންކަން ވެސް ކޯލިޝަނުގެ ސަރުކާރުން ކޮށްދޭނެ ކަމަށެވެ. އެގޮތުން އިސްދޫ އާއި ކަލައިދޫ ގުޅުވައިލަދޭ ބޮޑު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިބޫއަށް އިސްދޫ ރައްޔިތުން ވަނީ ރަސްކަލެއްގެ ދަރަޖަ އަރުވައި ރަސްމީ އިއްޒަތުގައި މަރުހަބާ ކިޔައިފައެވެ.

އިބޫ ވިދާޅުވީ ހިއްޗަށް ވަޑައިގަތުން ފަދަ ކަންކަމަކީ ދިވެހިންގެ ޘަޤާފަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށާއި އެފަދަ ޘަޤާފަތްތައް ދިއރުވައި އާލާކުރަންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން