ރިޟްވާން މަރުވެފައިވާކަން ރައީސް ޔާމީން ކަށަވަރުކޮށްދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރިޟްވާން މަރުވެފައިވާކަން ރައީސް ޔާމީން ކަށަވަރުކޮށްދެއްވައިފި
ރިޟްވާން މަރުވެފައިވާކަން ރައީސް ޔާމީން ކަށަވަރުކޮށްދެއްވައިފި އެވެ. މިއީ ސަރުކާރުގެ ފަރާތަކުން މިކަން ހާމަކުރި ފުރަތަމަ ފަހަރެވެ. ފުލުހުންވެސް އަދި މިހައިތަނަށް ރިޟްވާން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރިޟްވާން މަރުވެފައިވާކަން ރައީސް ޔާމީން ކަށަވަރުކޮށްދެއްވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަޑަވެލީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ނޫސްވެރިއަކަށް އުޅޭ ރިޟްވާން މިހާރުވަނީ ނިޔާވެފަ. ޝައްކެއްވެސް އޮތް ކަމެއް ނޫން. ވަރަށް ހިތާމަހުރިކަމެއް."

ރައީސް ޔާމީން ވިދާޅުވީ ރިޟްވާންގެ މަރުގެ މައްސަލަ ކެބިނެޓުގެ ފެންވަރުގަ ހޯދަން މަސައްކަތްކުރަމުން ދަނިކޮށް އެކަން ހުއްޓުވީ ރައީސް ޔާމީން ކަމަށް ބުނެ ވާހަކަތައް ޢާންމުކުރާ ކަމަށާއި ނަމަވެސް އެފަދަ މައްސަލަތަކަކީ ކެބިނެޓުގައި ބެލޭނެ މައްސަލަތައް ނޫން ކަމަށެވެ. އަދި ބޮޑެތި ޙުކުމްތައް އައިސްފައި ތިބޭ މުޖުރިމުން ދައްކާ މިފަދަ ވާހަކަތައް ނޫސްތަކުގައި ލިޔާތީ ޚިތާމަފުޅު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މީހަކު މަރުވުމުން އެކަން ސަރުކާރަށް ބޮޑުވާނެ ކަމަށެވެ. ރިޟްވާންގެ މައްސަލައަކީ ކެބިނެޓް ފެންވަރުގައި އެއްވެސް އިރަކު ކުރި މަސައްކަތެއް ނޫން ކަމަށާއި އެއީ އަބަދުވެސް ފުލުހުން ކުރަމުން އައި ތަޙްޤީޤެއް ކަމަށެވެ. އަދި މިހާރުވެސް ކުރަމުންދާ ތަޙްޤީޤެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އާއި ރިޟްވާންގެ މަރުގެ މައްސަލަ އާއި މަރުވެފައިވާ އެހެން މީހުންގެ މައްސަލަތައްވެސް ބެލެންޖެހޭނެ ކަމަށެވެ. އަދި ރިޔާސީ ލޯންޗްކޮޅު ގޮއްވާލި ސަބަބު އަދީބު ބުނެދޭން ޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން