ޝިފާން މިކަން ހާމަކުރެއްވީ ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާން ވަނީ މަރުވެފައި ކަމަށް ރައީސް ޢަބްދުﷲ ޔާމީން މިއަދު ވިދާޅުވުމާއި ގުޅިގެން ނޫސްވެރިން ފުލުހުންގެ މީޑިއާ ވައިބަރ ގްރޫޕުގައި ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ގްރޫޕުގައެވެ.
ރައީސް ޔާމީން ވިދާޅުވީ މައްސަލަ ފެށުނީންސުރެ ތަޙްޤީޤްކުރަމުން ގެންދަނީ ފުލުހުން ކަމަށެވެ. އެހެންކަމުން ނޫސްވެރިން އެދެމުން އައީ މިކަމުގައި ފުލުހުންގެ ބަހަކަށެވެ.
ރާއްޖޭގައި ބައަކު ހަމަނުޖެހުންތައް ހިންގައި ޤައުމީ ސަލާމަތަށް ނުރައްކާކުރަން އުޅޭކަމުގެ މައުލޫމާތުވެސް ޢާންމު ކުރެއްވީ ޑިފެންސް މިނިސްޓަރުގެ ފޭސްބުކްގައެވެ. އެހެންކަމުން މިބާވަތުގެ ކަންކަމުގެ މައުލޫމާތު މިހާރު ޢާންމުވަމުން މިއަންނަ ގޮތާއިމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.