އެމްޑީއޭ އާއި ޕީޕީއެމް ގުޅުން ވަރަށް ރަނގަޅު - އެގްރީމެންޓުގެ މުއްދަތު ހަމައެއް ނުވޭ: އަބްދުއްރަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެމްޑީއޭ އާއި ޕީޕީއެމް ގުޅުން ވަރަށް ރަނގަޅު - އެގްރީމެންޓުގެ މުއްދަތު ހަމައެއް ނުވޭ:  އަބްދުއްރަހީމް
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ގުޅުން ވަރަށް ރަނގަޅުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ''އެމްޑީއޭއާ އަޅުގަނޑުމެންގެ ގުޅުން ވަރަށް ރަނގަޅަށް އޮތީ. އެގްރީމެންޓުގެ މުއްދަތު ހަމައެއް ނުވޭ. އަޅުގަނޑުމެން އެމްޑީއޭއާ އެއްބަސްވެފައި ވާނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނިޔަލަށް އެކީގައި މަސައްކަތް ކުރުމަށް. ރިޔާސީ އިންތިހާބު ނިމުނީމާ އަޅުގަނޑުމެން އެގްރިމެންޓު އާ ކުރަންޖެހޭނީ ވެސް،" ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުން އާ ކުރުމާ ގުޅޭ ގޮތުން މިހާރު ވެސް ދަނީ މަޝްވަރާ ކުރަމުންކަމަށާއި މި އެއްބަސްވުމާ ދޭތެރޭގައި މަޝްވަރާ ކުރައްވާނީ ނައިބު ރައީސް މޫސާ ޒަމީރު އަދި އެމްޑީއޭގެ ފަރާތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް. ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމާއި އެމްޑީއޭގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އެ ދެ ޕާޓީގެ ތެރޭގައި މައްސަލަ އުފެއްދުމަށް ކަމަށެވެ.

މިއަދު އޮންލައިން