ރިޓަޔަރ ކުރާ އުމުރު 75 އަހަރަށް، 2500 ހަމަވާނަމަ ބޭންކް - 1500 ހަމަވާނަމަ އޭޓީއެމްގެ ޚިދުމަތް ދޭނަން: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ރިޓަޔަރ ކުރާ އުމުރު 75 އަހަރަށް، 2500 ހަމަވާނަމަ ބޭންކް - 1500 ހަމަވާނަމަ އޭޓީއެމްގެ ޚިދުމަތް ދޭނަން: ރައީސް ޔާމީން
ރިޓަޔަރ ކުރާ އުމުރު ،74 75 އަހަރަށް މަތިކުރަން މަޖިލިސް ތެރެއިން މަސައްކަތް ކުރައްވާނެކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފަރެސް މާތޮޑާ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދިނުމުގެ އުމުރު 65 އަހަރުގައި ބޭއްވި ނަމަވެސް ވަޒީފާ ދޫކޮށް ރިޓަޔަރކުރަންޖެހޭ އުމުރު ،74 75 އަހަރަށް މަތިކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި މިބަދަލާއިއެކު މިހާރު ރިޓަޔަރ ކޮށްގެން ތިބި މީހުންނަށްވެސް މާޔޫސްވާން ނުޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އާބާދީގައި 2500 މީހުން ހަމަވާ ރަށްރަށުގައި ބޭނބްކުގެ ގޮފިތައް ހުޅުއްވާނެ ކަމަށާއި 1500 މީހުން ހަމަވާ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މަސްވެރިންނަށް ލުއި ފަސޭހަކަން ހޯދައި ދިނުމުގެ ގޮތުން އައިސް ޕްލާންޓްތައް އިތުރުކުރައްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދު އޮންލައިން