ޤިޞާޞް ހިފުމަކީ އިދިކޮޅު ރަދީފްގަ އޮތް ބަހެއް ނޫން - ޤިޞާޞް ހިފާނަން: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޤިޞާޞް ހިފުމަކީ އިދިކޮޅު ރަދީފްގަ އޮތް ބަހެއް ނޫން - ޤިޞާޞް ހިފާނަން: ރައީސް ޔާމީން
ޤިޞާޞް ހިފުމަކީ އިދިކޮޅު ރަދީފްގައި އޮތް ބަހެއް ނޫން ކަމަށާއި ޤިޞާޞް ހިފުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާނެ ކަމެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މަޑަވެލި ރައްޔިތުންނާއި މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދުވެސް ވިދާޅުވީ މަރުގެ އަދު ދިނުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރެވުމުން މަރުގެ އަދަބު ދެއްވަން ފަށްޓަވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ނުފުއްދަވައި ހުންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މަރުގެ މައްސަލަތައް ފުލުހުން ގެންދަނީ ބަލަމުން ކަމަށާއި ޑރ. އަފްރާޝީމް އާއި ރިޟްވާންގެ މަރުގެ މައްސަލަތައް ވެސް ވަނީ ބަލާފައި ކަމަށެވެ.

ރައީސް މިމޭރުމުން ވިދާޅުވިއިރު ރާއްޖޭގައި ތިއްބެވި ދީނީ ބައެއް އިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ﷲ ތަޢާލާ ބާވައިލެއްވެވި ހަމައެކަނި ހައްދަކީ ޤިޞާޞް ހިފައި މަރުގެ އަދަދު ދިނުން ނޫން ކަމަށެވެ.

ރާއްޖޭގައި އިންތިހާއަށް ޢާންމުވެފައިވާ ޒިނޭކުރުމާއި ވައްކަން ކުރުން ފަދަކަންކަމަށްވެސް ﷲ ތަޢާލާ ޙައްދު ބާވައިލައްވަވާފައިވާއިރު އެކަންކަން ވެސް ތަންފީޒުކުރެވެން ޖެހޭނެ ކަމަށެވެ. އެންމެ ބޮޑަށް ޢާންމުވެފައިވާ ކުއްތަކުގެ ހައްދު ތަންފީޒު ނުކުރައްވައި އެންމެ ބޮޑު ޙައްދު ތަންފީޒުކުރައްވަން އުޅުއްވަނީ އެކަމުގައި ހަމަ ފޮރުވިފައިވާ ސިއްރެއް ނެތި ކަމާއިމެދުވެސް ދީނީ ބައެއް އިލްމުވެރިން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
މިއަދު އޮންލައިން