ގދ.ކާޑެއްދޫގައި ގާއިމް ކޮއްފައިވާ ޑޮމިސްޓިކް އެއާޕޯޓް ކުރިއަށް އޮތް ތިންއަހަރު ތެރޭގައި ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލު ވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިއަދު ހުވަދޫ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، ގދ. މަޑަވެއްޔަށް ވަޑައިގެން ވަހަކަ ދައްކަވަމުން ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯކަށް ހެދުމަށް ރަންވޭ ބޮޑުކުރެވޭނެ ގޮތްތައް ބެލުމަށް އެމަނިކުފާނުގެ ވަޒީރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
ކާދެއްދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމުގެ މައިގަނޑު ސަބަބަކީ ގދ. ސަރަހައްދުގައި ޓޫރިސްޓް އެނދުތައް ތަރަށްގީ ކުރަމުން ދާތީ ކަަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އަންނަ ރިޔާސީ ދައުރުގައި ފުރަތަމަ ތިން އަަހަރު ތެރޭގައި ގދ. އަތޮޅުގައި 10،000 ޓޫރިސްޓް އެނދު އުފައްދަން ނިންމަވާފައިކަމަށާއި އޭގެ ތެރެއިން ގދ. އަތޮޅުގައި ގާއިމް ކުރެވިގެންދާނީ 6000 އެނދު ކަމަށާއި ގއ. އަތޮޅުގައި 4000 އެނދު ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.