ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި ތިނަދޫ ދެކުނުދާއިރާގެ މެންބަރު ޢަބްދުﷲ އަޙުމަދު، އަމީތުގެ އުފަން ރަށް ގައްދޫއިން ހައްޔަރު ކޮށްފިއެވެ.
މިދެބޭފުޅުން އެރަށުން ހައްޔަރު ކޮށްފައިވަނީ ކެމްޕެއިނަށް އެރަށަށް ވަޑައިގެން ތިއްބަވަނިކޮށެވެ.
މީގެއިރުކޮޅެއް ކުރިން މެންބަރު އަމީތާއި އަބްދުﷲ ހައްޔަރު ކުރި ނަމަވެސް، އެދެބޭފުޅުން ހައްޔަރު ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މެންބަރު އަބްދުﷲ އާއި އަމީތު، ގައްދޫއިން ހައްޔަރު ކޮށްފައިވާއިރު ރައީސް ޔާމީން މިވަގުތު ގެންދަވަނީ އެއަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.