ހާރިސް މަރާލި މައްސަލައިގައި ދައުވާކުރި ޔާމިން ރަޝީދު ގޭބަންދަށް ދޫކޮށްލަން ނިންމައި

ކިޔުމަށް ހޭދަވާނީ 2މ 37ސ
ހާރިސް މަރާލި މައްސަލައިގައި ދައުވާކުރި ޔާމިން ރަޝީދު ގޭބަންދަށް ދޫކޮށްލަން ނިންމައި
ގއ. ދާނދޫ، ގޯލްޑްލީފް ހާރިސް އަބްދުލްޣަފޫރު މަރާލި ކަމުގެ ދައުވާއުފުލާފައިވާ ޏ. ފުވައްމުލައް، ހިލްޓަން ޔާމީން ރަޝީދު ގޭބަންދަށް ދުކޮށްލަން މިއަދު ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޔާމީންގެ މައްޗައް ކޮށްފައިވާ ދައުވާއަކީ ތޫނު އެއްޗަކުން ހަމަލާދީގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. މި މައްސަލައާއި ގުޅިގެން މިއަދު ބޭއްވިގެންދިޔަ އަޑުއެހުމުގައި ޝަރިއަތުގެކުރިން ދައުވާ ލިބުނު ފަރާތާއި ދައުލަތުން ހުށަހަޅަން ބޭނުންވާ ހުޝަހެޅުންތައް ހުޝަހަޅަން ފުރުސަތު ދިނެވެ.

މިއަދުގެ އަޑުއެހުމުގައި ދެފަރާތުގެ ހުޝަހެޅުންތައް ނިމުމަށްފަހު ދިފާއީ ވަކީލު ޔާމިންގެ ބަންދާބެހޭގޮތުން ވާހަކަދެއްކުމަށް ފުރުސަތަކަށް އެދިވަޑައިގެންފައިވެއެވެ. އެފުރުސަތުގައި ވަކީލް ވަނީ، 2015 ވަނަ އަހަރުގައި ހިނގި ގްރޫޕް މާރާމާރީއެއްގައި ޔާމީންއަށް ލިބުނު އަނިޔާތަކުގެ ވޭން އޭނާ އަދިވެސް ތަހައްމަލު ކުރަމުންދާ ކަމަށް ވިދާޅުވެފައި އެވެ.

ޔާމިން ގެ މެޑިކަލް ލިޔުންތަކާ ހަވާލާދީ އޭނާގެ ވަކީލު ބުނެފައިވަނީ، 2015 ވަނަ އަހަރުގެ ހަމަލާގައި އޭނާގެ ވާތް ފަރާތު ކިޑްނީއަށާއި ޕެންކްރިއެސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ޒަހަމްތަށްރަނގަޅުވި ނަމަވެސް އެކަމުގެ ވޭން އޭނާ އަދިވެސް ތަހައްމަލްކުރަމުން ދާކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ލޯ-ފައިބާރ ޑައެޓެއްގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދީފައި އޮތްކަމުގައިވީ ނަމަވެސްޔާމިންއަށް ލިބެނޖެހޭ ހާއްސަ ކާއެއްޗެހި ޖަލުގައި ނުލިބޭކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ވަކީލު ކްރިމިނަލް ކޯޓުން ކުރިން ނިންމަވާފައިވާ މިންމުންތަކާ ހަވާލާދީ އެދިވަޑައިގަތީ ޔާމިންގެ ބަންދުން ދޫކޮއްލެވުމަށެވެ. އަދި އޭނާ ދޫކޮއްލި ކަމުގައިވީ ނަމަވެސްއޭނާ އެވެސް ހެއްކަކަށް ނުފޫޒެއް ނުފޯރުވާނެކަމަށް ވަކީލު ވިދާޅުވި އެވެ.

ނަމަވެސް، ދައުލަތުގެ ވަކީލުން ވަނީ އެކަމަށް އިއުތިރާޒުކޮށް ވާހަކަފުޅު ދައްކަވާފައި އެވެ. ދައުލަތުގެ ވަކީލު،ޔާމިންގެކިމްސް ހޮސްޕިޓަލްޑިސްޗާޖް ލިޔުންތަކުގައި އޭނާ ސްޓޭބަލް ކަމަށްބުނެފައި އޮތްކަމަށް ވިދާޅުވިއެވެ. އެކަމުން ދޭހަވަނީ އޭނާގެ ހާލު މުޅިން ރަނގަޅުކަމަށް ވިދާޅުވިއެވެ. ނަމަވެސް ދިފާއީ ވަކީލު ރައްދުގައި ވިދާޅުވީ ސްޓޭބަލް ވުމުގެ މާނާނައިކީ މިހާގެ ހާލު މުޅިން "ޕާފެކްޓް"ވުން ކަމަށެވެ.

ދައުލަތުގެ ވަކީލުން އިތުރަށް ފާހަގަ ކުރަށްވާ ވިދާޅުވީ، ވަކި މާހައުލަކަށް ދިރިއުޅެން ޑޮކްޓަރުން ލަފާދީފައި ނުވާ ކަމަށެވެ. އަދި ލޯ-ފައިބާރ ޑައިޓަކަށް ދިއުަމަށް ލަފާ ދެއްވާފައިވާނަމަ ޑޮކްޓަރުގެ ލިޔުމާއެކު އެކަމަށް އެދުމުން ޖަލުން އެކަމެށް މަގުފައިކޮއްދޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައިގައި ގިނަ އަދަދެއްގެ ސިއްރު ހެކިން ހިމެނޭ ބޮޑު މައްސަލައަކަށް ވުމުން ޔާމީން ދޫކޮއްލުމުން ހެކިތަކަށްނުފޫޒު ފޯރާނެ ކަމަށެވެ. އަދި އޭނާ ދޫކޮއްލައިފި ނަމަ މުޖުތަމައުއަށް ނުރައްކާ ވެދާނެކަމަށް ވެސް ވިދާޅުވިއެވެ.

މި ދައުވާއަށް ޔާމިން އިންކާރުކޮށްފައިވާ އިރު ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް ހެކިބަސް ދިނުމަށް ސިއްރު 17 ހެކިވެރިންނާއި 13 ކިތާބީ ހެއްކެއް ހުށަހަޅައިފައެވެ.

ދެ ފަރާތުގެވާހަކަފުޅުތައް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ނިންމެވީ މައްސަލައިގެ ޝަރިއަތް ނިމެންދެން ޔާމީން ގޭބަންދަށް ދޫކޮއްލުމަށެވެ.

މި މައްސަލަ ޝަރިއަތްކުރުމުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ބެހޭގޮތުން ގޮތެއް ނިންމުން ދެން އޮންނާނީ އެމައްސަލައިގެ ދެންއޮތް އަޑުއެހުމެއްގައިކަމަށް ގާޒީ މިއަދު ވިދާޅުވިއެވެ.
މިއަދު އޮންލައިން