އީމާންތެރިކަމަކީ ކިޔަމަންތެރިވުމުގެ ސަބަބުން އިތުރުވާ އުރެދުމުގެ ސަބަބުން އުނިވާ އެއްޗެއް: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އީމާންތެރިކަމަކީ ކިޔަމަންތެރިވުމުގެ ސަބަބުން އިތުރުވާ އުރެދުމުގެ ސަބަބުން އުނިވާ އެއްޗެއް: ޝައިޚް ޢަލީ ޒާހިރު
"އީމާންތެރިކަމަކީ ކިޔަމަންތެރިވުމުގެ ސަބަބުން އިތުރުވާ އުރެދުމުގެ ސަބަބުން އުނިވާ އެއްޗެކެވެ." މިއީ މިއަދު ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކުރައްވާފައިވާ ޓްވީޓެކެވެ.

އީމާންތެރިކަމަކީ އިސްލާމް ކަމުގެ ފުރަތަމަ ރުކުނެވެ. އަދި އީމާން ތެރިކަމުގައި ރުކުންތަކެއް ހުރެއެވެ. އެހެންކަމުން އިސްލާމްކަން ފުރިހަމަކުރަން އެދޭމީހާއަށް ފުރަތަމަ ވެސް އޮތީ އީމާންކަން ވަރުގަދަކުރުމެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވަނީ އީމާންކަން ވަރުގަދަވާނީ އިސްލާމް ދީނަށް އަމަލުކުރާ މިންވަރަކުން ކަމަށެވެ. އެހެންކަމަށްވާއިރު އީމާންތެރިކަން ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އިސްލާމް ދީނަށް ޢަމަލުކުރުމެވެ. އިސްލާމް ދީނަށް އަމަލުކުރެވޭނީ ﷲ ތަޢާލާ އަށް ކިޔަމަންތެރިވެގެންނެވެ. އެހެންކަމުން ޝައިޚް ޢަލީ ޒާހިރު ފާހަގަކުރައްވަވާފައި އެވަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގެ މުހިންކަން ކަމުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން