ރައީސް ޔާމީން ޢިއުލާން ކުރެއްވި، ވިލިމާލެ-2 މަޝްރޫއުން ގޯޗާއި ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީއިން މިއަދު ހުޅުވާލައިފި އެވެ.
ގުޅިފަޅާ ފުށިދިއްގަރު ފަޅުން ހިއްކި 1000 ހެކްޓަރުގެ ބިންމުގައިކުރިޔަށްދާ މި މަޝްރޫއުން ގޯޗާއި ފްލެޓަށް އެދުމުގެ މުއްދަތު ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދީފައި އެވެ. އެކަމަށް އެދޭ ފޯމް ބަލައިގަތުން އޮނާނީ އޮގަސްޓް 16 އިންފެށިގެން އަނައަހަރު ޖެނުއަރީ ގެ ނިޔަލަށް ކަމަށް ވެސް އެމިނިސްޓްރީއިން މުންޏެވެ.
ވިލިމާލެ-2 ގެ މަޝްރޫއުން ފްލެޓަށް ކުރިމަތިލުމަށް އޮތީ އެންމެ ދެ ޝަރުތެކެވެ. އެއީ، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެމީއެއްގެ އަމިއްލަ ނަމުގައި 1000 އަކަފޫޓުގެ ބިމެއް ނެތުމެވެ.
މި މަޝްރޫއާ ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ނިމިގެންދިޔަ ހަފްތާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒު ވިދާޅުވީ އެއްވެސް ލަސްތަކެށްނުވެ "އެންމެންނަށް ހިޔާ ކަށަވަރު" މަޝްރޫއު ފެށިގެން ދާނެކަމަށެވެ.
ވިލިމާލެ-2 ގެ މަޝްރޫއު އިއުލާން ކުރެއްވީ ޖުލައި 26، މިނިވަން ދުވަހުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީޏް އެވެ. އެޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ވިލިމާލެ-2 ތަރައްގީކުރެވިގެންދާނީ 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮއްގެން ކަމަށެވެ.