ކޯޓަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ފުރަތަމަ ހޯދަނީ ވަކީލެއް ނޫން - ބަލަނީ މައްސަލަ ބަލަނީ ކޮންފަނޑިޔާރެއްތޯ؟- ޙާލަތު ބަދަލުކުރާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކޯޓަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ފުރަތަމަ ހޯދަނީ ވަކީލެއް ނޫން - ބަލަނީ މައްސަލަ ބަލަނީ ކޮންފަނޑިޔާރެއްތޯ؟- ޙާލަތު ބަދަލުކުރާނަން: އިބޫ
ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު ޝަރުޢީ ކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ފުރަތަމަ ބަލަނީ ވަކީލަކު ހޯދުމަކަށް ނޫން ކަމަށާއި އެންމެ ފުރަތަމަ ވެސް ބަލަނީ މައްސަލަ ބަލަނީ ކޮންފަނޑިޔާރެއްތޯ؟ ކަމަށާއި މިޙާލަތު ބަދަލުކުރައްވާނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ގަމުގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ކޯޓުތަކުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންނަކީ ނުފޫޒަށް ލެނބިވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށާއި ނަމަވެސް ޢާންމުކޮށް ބަލާއިރު ހާލަތު ހުރީ މިފަދަ ގޮތަކަށް ކަމަށެވެ.

އިބޫ ވިދާޅުވީ ސަރުކާރުގެ ނުފޫޒު ޝަރުޢީ ކޯޓުތަކަށް ފޯރާފައިވާ މިންވަރު ހުރިހާ ރައްޔިތުންނަށް ވެސް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އިންސާފުލުބުމަށް ހުރި ދަތިތަކާ ހުރަސްތައް ވެސް ރަނގަޅަށްއެނގޭ ކަމަށެވެ. "އިންސާފުގެ މަގަށް ރާއްޖެ" މި ޝިޢާރު ބޭނުންކުރަން ކޯލިޝަނުން ނިންމީ މި މައްސަލަތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖޭގައި ޢިލްމީ ބޭފުޅުން އެބަތިއްބެވި ކަމަށާއި އެބޭފުޅުން ފަނޑިޔާރުގެތަކަށް ލައްވައިގެން ފަނޑިޔާރުގެތައް އިޞްލާޙްކުރައްވާނެ ކަމަށެވެ. އަދި ޖޭއެސްސީއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އެގޮތުން މިހާރު ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ވެސް ބަދަލުތަކެއް ގެންނަވާނެ ކަމަށާއި އަދި ޖޭއެސްސީ އަށް ކޮންމެ 3 އަހަރަކުން 3 މެންބަރުން ޢައްޔަނުކުރާ އުޞޫލެއް ހަމަޖައްސަވާނެ ކަމަށެވެ.
މިއަދު އޮންލައިން