ބިންހެލުމުގަ ވެއްޓުނު ޖަބަލް ނޫރު މިސްކިތުގެ ދާށުވެފައިވަނިކޮށް ދިރިހުރި އެކަކު ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ބިންހެލުމުގަ ވެއްޓުނު ޖަބަލް ނޫރު މިސްކިތުގެ ދާށުވެފައިވަނިކޮށް ދިރިހުރި އެކަކު ސަލާމަތްކޮށްފި

އިންޑިނޭސިއާގެ ބާލީ ސަރަހައްދަށް އައި ބިންހެލުމުގައި ވެއްޓުނު ޖަބަލް ނޫރު މިސްކިތުގެ ބައިތަކުގެ ދަށުވަފައިވަނިކޮށް ދިރިހުރި އެކަކު އިއްޔެވަނީ ސަލާމަތްކުރެވިފައެވެ. އޭނާ ސަލާމަތްކުރެވުމުން ގިނަ ބައަކު ވަނީ އުފާ ފައުޅުކޮށްފައެވެ.

މިސްކިތް ވެއްޓުނު ނަމަވެސް މިސްކިތަށްވުރެ މާއުސްކޮށް ހުރި މިސްކިތުގެ ބިޔަ މުންނާރު ސަލާމަތުން ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މިސްކިތުގެ ދަށުވެފައިވަނީ ކިތަށް މީހުންކަން ފުލުހުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނެފައިވަނީ 30 މީހަކަށް ވީނުވީއެއް އަދިވެސް ނުއެނގޭ ކަމަށެވެ.

ބިންހެލުމުގައި ބައެއް ހޮޓާތައްވެސް ވަނީ ވެއްޓިފައެވެ. އެތަންތަނުގެ ދަށުންވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކާރިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 105 އަށް އަރައިފައެވެ. ޒަޚަމްވި މީހުންގެ އަދަދު 230 އަށް ވަނީ އަރައިފައެވެ.
މިއަދު އޮންލައިން