ރިޟްވާން މަރުވެއްޖެކަމަށް ވިދާޅުވެ ރައީސް ޔާމީން ކުރެއްވީ މަލާމާތެއް: ރޮޒައިނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރިޟްވާން މަރުވެއްޖެކަމަށް ވިދާޅުވެ ރައީސް ޔާމީން ކުރެއްވީ މަލާމާތެއް: ރޮޒައިނާ

ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާން މިހާރު ވަނީ މަރުވެފައިކަމަށް ވިދާޅުވެ ރައީސް ޢަބްދުﷲ ޔާމީން އިއްޔެ ދެއްކެވި ވާހަކަފުޅަކީ ރިޟްވާނަށާއި ރިޟްވާންގެ ޢާއިލާއަށް ކުރެއްވެވި ބޮޑު މަލާމާތާއި ފި=ުރައްސާރައެއް ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން ރޭ ހައްދުމަތި ގަމުގައި ބޭއްވި ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަކު މިހައި ޒިންމާދާރުކަން ކުޑަ ގޮތަކަށް ރާއްޖޭގެ ގިނަ ބައަކު އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްގައި ވާހަކަފުޅު ދެއްކެވުމުން އެކަން ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ސަރުކާރުން ކަންކަން ކުރަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި ޤާނޫނުތައް ފާސްކުރަމުން ގެންދަނީވެސް ޤާނޫނުތަކާއި ޚިލާފަށް ކަމަށެވެ. މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަންނަން ދިއުމުން ސަލާމަތީ ޚިދުމަތްތައް މެދުވެރިކޮށް މަޖިލީހުގެ ފާރުމަތިން ބޭރަށް އުކާލުމަށްފަހު ފާސްކުރާ ޤާނޫނުތައް ފާސްކުރަނީ ޤާނޫނުތަކާއި ޚިލާފަށް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން "ޙާލަތު ޒުރޫރާ"ގެދަށުން ކަންކަން ފާސްކުރުމަށްފަހު ޕީއެސްއެމްގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބައަކު އައްޔަނުކުރަންވެސް "ޙާލަތު ޒުރޫރާ"ގެދަށުން ކަންކަން ފާސްކުރުމުން އެ "ޙާލަތު ޒުރޫރާ" އަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއަދު އޮންލައިން