އައްޑޫ ސިޓީ މަރަދޫފޭދޫ ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދާ ގްރޭޑް 7 އާއި ގްރޭޑް 8ގެ ދަރިވަރުނަށް މަޢުލުމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އޮގަސްޓް މަހުގެ 6 ވަނަ ދުވަހު މަރަދޫ ފޭދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި އެންޓިސޯޝަލް ބިހޭވިއަރ އާގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައި ވަނީ ފުލުހުންނެވެ.
އެގޮތުން މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކަކީ ކޮބައިކަމާއި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ދަރިވަރުންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށްށެވެ .
މީގެއިތުރުން އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތަކާއި ދަރިވަރުންގެ ފެންވަރުގައި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ވެސް ދީފައިވާ ކަމަށްށެވެ .
މި ޕްރޮގްރާމުގައި ކުރިޔައް ގެންގޮސްފައިވަނީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.
ޙަބަރު ޕޮލިސް