ސައުދީން ކެނެޑާ އާއިމެދު އެޅިފަދައިން އެހެން ޤައުމުތަކަށްވެސް ފިޔަވަޅު އަޅާނަމަ މުސްލިމުންނަށް ބޭނުންހައި ގޮތެއް ނުހެދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ސައުދީން ކެނެޑާ އާއިމެދު އެޅިފަދައިން އެހެން ޤައުމުތަކަށްވެސް ފިޔަވަޅު އަޅާނަމަ މުސްލިމުންނަށް ބޭނުންހައި ގޮތެއް ނުހެދޭނެ!

ސައުދިއަރަބިޔާއިން ވަނީ ކެނެޑާ އާއިމެދު ފިޔަވަޅު އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ދަށުން ކެނެޑާގެ ބައެއް އުފެއްދުންތައް ސައުދިއަަރބިޔާއަށް އެތެރެކުރުން ވަނީ ހުއްޓާލައިފައެވެ. އޮޓާވާގައި ހުރި ސައުދީ ސަފީރު ވަނީ އަނބުރާ ގެނެސްފައެވެ. އަދި ކެނެޑާ ސަފީރު ރިޔާޛަށް އައުންވެސް ވަނީ މަނާކޮށްފައެވެ.

ސައުދީގެ ފިޔަވަޅުތައް ޙަޖަމް ނުކުރެވިގެން ކެނެޑާ މިހާރު ދަނީ ތެޅިފޮޅެމުންނެވެ. ޔޫއޭއީ އާއި އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯދައިގެންވެސް މައްސަލަތައް ހައްލުކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އަންގާރަ ދުވަހު ފިޔަވަޅު އެޅުމުން އެންމެ ދެ ދުވަހުވެސް ކެނެޑާއަށް ކެތްކޮށްލެވުނު ކަމަކަށް ނުވިއެވެ.

ސައުދިއަރަބިޔާއިން މިފަދަ ފިޔަވަޅުތަކެއް އެޅީ "ރައިޓްސް އެކްޓިވިސްޓުން" މިނިވަން ކުރަން ކެނެޑާއިން އެއްބާރުލުން ނުދިނުން ފަދަ މައްސަލަތަކެއްގައެވެ. ކެނެޑާއިން ސައުދީގެ ދާޚިލީ ކަންކަމާއި ބެހޭކަމަށްވެސް ސައުދީން ވަނީ ތުހުމަތުކޮށްފައެވެ.

އީޔޫ އަދި އެހެންވެސް ބައެއް ޤައުމުތަކުން މުސްލިމުންގެހައްޤުތަކަށް އަރައިގަނެ އިސްލާމް ދީނަށް އުޅެން ހުރަސް އަލަމުން ގެންދާއިރު ސައުދިއަރަބިޔާއިން މިފަދަ ފިޔަވަޅުތައް އަޅާނަމަ ބޭނުންހައި ގޮތެއް މުސްލިމުންނަށް ނުހެދޭނެ ކަމަށް ބުނެ ގިނަ ބައަކު ދަނީ ޝުޢޫރު ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން