ކ.ހުރައިން ފުރައިގެން ޕެރެޑައިސް އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އެމްއެންޑިއެފް ބުނީ "އޯކިޑް 40" ނަމަކަށްކިޔާ 90 ފޫޓުގެ މި ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގަގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:50 އެހާކަންހާއިރު ކަމަށެވެ .
މި ހާދިސާ ހިނގި އިރު ލޯންޗުގައި ހަތަރު ފަޅުވެރިންގެ އިތުރުން ޓުއަރ ގައިޑަކާއެކު 20 ފަތުރުވެރިން ދަތުރުކުރަމުން ދިޔަކަމަށެވެ.
ފަޔަރ ފައިޓަރުންގެ އެހީތެރިކަމާއެކު ލޯންޗުގައި ރޯވެފައިވާ އަލިފާން ނިއްވާ، ބެލިބެލުމުގައި ލޯންޗްގެ އިންޖީނުގައި އަލިފާން ރޯވި ނަމަވެސް، ލޯންޗްގައި ތިބި އެއްވެސް ޓޫރިސްޓަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އެމްއެންޑިއެފް އިން ބުންޏެވެ.
މިހާރު ވަނީލޯންޗު ގައި ތިބި ހުރިހާ ޓޫރިސްޓުން ސަލާމަތްކޮށްގެން މިހާރު ވަނީ ބަޑޮސް އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.