ބޮޑު އަދަދަކުން ރާއްޖެޓީވީ އަނެއްކާވެސް ޖޫރިމަނާ ކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
ބޮޑު އަދަދަކުން ރާއްޖެޓީވީ އަނެއްކާވެސް ޖޫރިމަނާ ކޮށްފި
ރާއްޖެޓީވީ އިން ފޮނުވި ކޮންޓެންޓަކާއި ގުޅިގެން އެމައްސަލަ ބެލުމަށްފަހު، ބޮޑު އަދަދަކުން އެސްޓޭޝަން ޖޫރިމަނާ ކޮށްފިއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިފަހަރު އެސްޓޭޝަން ޖޫރިމަނާ ކޮށްފައިވަނީ ދެ މިލިއަން ރުފިޔާއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރަން ނިންމީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ އަބުރަށް ހުތުރުވާފަދަ ދޮގު މައުލޫމާތާއި ޤައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށް ބުނެއެވެ.

މީގެ ކުރިން ވެސް ބޮޑެތި އަދަދުތަކުން، އެކި ފަހަރު މަތިން ބްރޯޑްކޮމް އިން ވަނީ ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައެވެ.
މިއަދު އޮންލައިން