ލޯނު ނުނަގާނަމަ ޖެހޭނީ ޤައުމުގެ ހަރުމުދާ ވިއްކަން: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ލޯނު ނުނަގާނަމަ ޖެހޭނީ ޤައުމުގެ ހަރުމުދާ ވިއްކަން: ރައީސް ޔާމީން
ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ލޯނު ނުނަގާނަމަ ޖެހޭނީ ޤައުމުގެ ހަރުމުދާ ވިއްކަން ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގއ ކޮލަމާފުށީ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮލަމާފުށީގެ ރައްޔިތުން ބޭނުންވެގެން ތިބި ޚިދުމަތްތައްވެސް ފޯރުކޮށްދީފައިވަނީ ލޯނުގެ ފައިސާއިން ކަމަށާއި ދައުލަތުން އެ ލޯނުތައް ނެގީތީ ރައްޔިތުންގެ އެކަކުވެސް ކަންބޮޑު ނުވާ ކަމަށެވެ. އަދި މަޝްރޫއުތަކުގެ ފައިދާ ދަނީ ރައްޔިތުންނަށް ކުރަމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ދަރަނި ބޮޑުވެގެން ކަންބޮޑުވެގެން އުޅޭ ބައަކު ވެރިކަމާއި ހަވާލުވެއްޖެނަމަ ދަރަނި އަދާކުރާނެ ގޮތެއް ބުނެދޭންޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ ރާއްޖޭގެ ރަށްރަށުންވެސް އަލަތު ކައިވެނި ކުރަން ބްރިޖަށް އައުމަށް އެދިވަޑައިގެންފައެވެ. "އިދިކޮޅު ފިކުރުގެ ބޭފުޅުންގެ ކިބައިން ވެސް އެކަމަށް އަޅުގަނޑު އެދެން. އެއިރުން އެބޭފުޅުންނަށްވެސް ބްރިޖް އެޅިފަވާތަން ފެންނާނީ."

މިފަހަރުގެ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކޮށްދެއްވުން އެދިވަޑައިގަންނަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްރަށަށް ބޭނުންވާ ކަންކަން ވެސް ކޮށްދެއްވާނެ ކަމަށާއި ނަމަވެސް އެކަންކަން ކޮށްދެއްވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.
މިއަދު އޮންލައިން