ރިޔާސީއިންތިހާބުގައި އިތުރު މީހަކު ރައީސްކަމަށް ކުރިމަތި ލައިފި

ކިޔުމަށް ހޭދަވާނީ 55ސ
ރިޔާސީއިންތިހާބުގައި އިތުރު މީހަކު ރައީސްކަމަށް ކުރިމަތި ލައިފި
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމަށް އިތުރު ބޭފުޅަކު މިއަދު އިލެކްޝަންސް ކޮމުޝަނަށް ފޯމް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހެޅުއްވީ އަލްފާޟިލް ހުސެއިން ނަސީރު، މާލެ، 6562 އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެ ބޭފުޅާ އަކީ ސްރީލަންކާގައި ދިރި އުޅުއްވާ ބޭފުޅެކެވެ.

އިލެކްޝަންސް އަށް ނަސީރު ހުށަހެޅުއްވި ފޯމް ބަލައިގެންފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

މިހާތަނަށް އެވެސް ކަހަލަ ކެންޕޭނެއް ނަސީރު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފޯމު ގައި 1500 މީހުންގެ ސޮއި ހިމެނެން ޖެހޭނެ އެވެ.

މިހާތަނަށް އިލެކްޝަންސް އަށް ފޯމް ހުށަހަޅާފައި ވަނީ ހުސެއިން ނަސީރު އާއި އިދިކޮޅު ކެންޑިޑޭޓް އޮބަރާހިމް މުހައްމަދު ސޯލިޙް (އިބޫ) އެވެ.

ޕީ.ޕީ.އެމް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ފޯމް ހުށަހުޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ފޯމް ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީއިން ބުނެފައި ވެއެވެ.
މިއަދު އޮންލައިން