މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުނުތާ މިއަދަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ބާއްވާ ސުލްޙަވެރި ހިނގާލުން ފެށިއްޖެއެވެ.
މަޖީދީމަގާއި ޗާންދަނީމަގާއި ގުޅޭ ހިސާބުން ފެށުނު މިހިނގާލުމުގައި ރިޟްވާން ގެ މަންމަ އާއި އާއިލާގެ ބައެއް ބައިވެރިން ވެސް ބައިވެރިވެފައިވެއެވެ.
މިހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ގޮވާލަމުން ގެންދަނީ ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ފުރިހަމަ ނޫން ކަމަށާއި، ތަހުގީގު ފުރިހަމަ ކުރުމަށެވެ.