އިސްދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމަށް ބަޔަކާ ހަވާލު ކޮއްފި

ކިޔުމަށް ހޭދަވާނީ 34ސ
އިސްދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމަށް ބަޔަކާ ހަވާލު ކޮއްފި
ލ. އިސްދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮއްފި އެވެ.

މި މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު އެވެ.



އެ މަސައްކަތް ހަވާލު ކުރެއްވި ކޮންޓްރެކްތަރުގެ ގޮތުގައި ސޮއި ކުރެއްވީ ނިއުހިޔާ ކުންފުނީގެ ޑިރެކްޓަރު އަލީ ސިޔާއު އެވެ.



50 ދުވަސްތެރޭގައި ނުންމުމަށް ހަވާލުކުރެއްވި މި މަސައްކަތަކީ އެއް މިލިއަން ރުފިޔާގެ މަސަައްކަތެކެވެ. މިއެއްބަސްވުމުގެ ދަށުން އެންބިއުލޭންސް ޕޭވް ވޭ އެއް ޕޭވް ކުރެވިގެން ދާނެެއެވެ. އަދި އާ ބާތުރަ ފިލުވައި ޕޮޓިކޯއެއް ހެދިގެންދާނެއެވެ.
މިއަދު އޮންލައިން