ދިވެހި މަސްވެރިން ބާނާ މަސްކިލޯއަކަށް ދެއްވާނެ އަގު ވިދާޅުވަން ކެރިވަޑައި ނުގަންނަވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގއ ވިލިނގިލި ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަސްކިލޯއަކަށް ވަކިއަގެއް ދެއްވާނެކަމަށް ވިދާޅުވެއްޖެނަމަ އެ އަގު ހޯދަން މަސްވެރިން އެދޭނެ ކަމަށާއި އެ އަގު ނުދެވިއްޖެނަމަ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ކަންކަން އެންމެ ގިނައިން ކޮށްދީފައިވަނީ މިސަރުކާރުން ކަމަށާއި އެކަން މަސްވެރިންނަށް އެނގޭނެ ކަމަށެވެ. އަދި މަސްވެރިންނަށް މިހާރު ހުރި ދަތިތައް ވެސް ފިލުވައި ދެއްވާނެ ކަމަށެވެ.
"މިހާރު އެވިދާޅުވާ ވަރަށް އެކަންކަން ކޮށްދެވޭނެ ކަމަކަށް ޤަބޫލެއް ނުކުރަން. އެކަންކަން ވަރަށް އަވަހަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރާނެ."
ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓް އަނބުރާ ހޯއްދެވިއްޖެ ކަމަށް ވިދާޅުވެވެން މިހާރު އެބައޮތް ކަމަށާއި ނަމަވެސް ދިރާގާއި ފެން ކުންފުނިން ވިއްކާލި ހިއްޞާ އަނބުރާ ހޯއްދެވުނުކަމަށް ވިދާޅުވެވެން އަދިވެސް ނެތް ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުން (އޯޑިއޯ):