''އިންކުއަރިންގް މައިންޑްސް'' ގެ ނަމުގައި ވިލާ ހައި ސްކޫލުން ޕްރޮގްރާމެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
''އިންކުއަރިންގް މައިންޑްސް'' ގެ ނަމުގައި ވިލާ ހައި ސްކޫލުން ޕްރޮގްރާމެއް ފަށައިފި
ދަރިވަރުން ކިޔެވުމަށް ޝައުގުވެރި ކުރުމަށްޓަކައި "އިންކުއަރިންގް މައިންޑްސް"ގެ ނަމުގައި ވިލާ ހައި ސްކޫލުން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމްގެ ދަށުން، ގްރޭޑް 11ގެ ދަރިވަރުންނަށް ނަގާދިން ބައޮލޮޖީ ފިލާވަޅުގެ މައުލޫމާތު ހޯދާ ތަޖުރިބާ ކުރުމަށްޓަކައި ދަރިވަރުން އަމިއްލައަށް މަސައްކަތް ވަނީ ކޮށްފައެވެ.

ވިލާ ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވީ އިންކުއަރިންގް މައިންޑްސްގެ ދަށުން ދަރިވަރުން ކިޔަވަމުން ދާނީ ވަރަށް އެކްޓިވިޓީ ބޭސްޑް ގޮތަކަށް ކަމަށާޢި ފިލާވަޅުގެ ދަށުން އަމިއްލައަށް ދިރާސާކޮށް ހޯދާ އެއްޗެހި އެންމެ ފަހުން ކުލާހަށް ހުށަހަޅާނެކަމަށެވެ. މީގެއިތުރުން ނަޝީދު ވިދާޅުވީ ސްކޫލްގެ ހުރިހާ ފިލާވަޅުތަކެއް ވެސް މި ގޮތަށް ކުރިއަށް ގެންދިއުމަކީ ސްކޫލްގެ އަމާޒު ކަމަށެވެ.

އަމިއްލައަށް ކިޔަވަން ދަސްކުރުމުގެ ހުނަރު ދަސްކޮށްދިނުމުގެ މަގްސަދުގައި މި ޕްރޮގްރާމް ފެށީ އެއް އަހަރުން އަނެއް އަހަރަށް ގްރޭޑް 11 ކިޔަވަން ބޭނުންވާ ކުދިން މަދުވާ ކަމަށް އެ ސްކޫލުން ފާހަގަ ކުރެވޭތީ، އެ ކަމަށް ހައްލެއް ގެނައުމަށްކަމަށް ވިލާ ހައި ސްކޫލުން ވަނީބުނެފައެވެ.

ވިލާ ހައި ސްކޫލުން ބުނީ މިފަދަ ގޮތަކަށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އެހެން ސްކޫލްތަކުން ކިޔަވައިދޭން ފަށައިފި ނަމަ، އަންނަން އޮތް ޖީލްތަކުގައި ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންތަކެއް އުފެދިދާނެ ކަމަށެވެ.
މިއަދު އޮންލައިން