ބްރިޖްމަތީގަ ދެމަފިރިކަމުގެ ގުޅުން ހިންގާކަށް ނުކެރޭނެ - ކައިވެނިކުރީމަ އޮތީ ކޮން އުފަލެއްތޯ؟: އާދަމް ޢާޒިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ބްރިޖްމަތީގަ ދެމަފިރިކަމުގެ ގުޅުން ހިންގާކަށް ނުކެރޭނެ - ކައިވެނިކުރީމަ އޮތީ ކޮން އުފަލެއްތޯ؟: އާދަމް ޢާޒިމް
ބްރިޖް މަތީގައި ކައިވެނި ކުރި ނަމަވެސް ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށް އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ޖޭޕީގެ ހެޑްކްއާޓަރސްގައި ބޭއްވި ބައްދަލުވުމުގައި އާދަމް ޢާޒިމް ވިދާޅުވީ ރައީސް ޔާމީނުގެ ދައުވަތަށް ބްރިޖް މަތީގައި ކައިވެނި ކުރެވިދާނެ ކަމަށެވެ. ނަމަވެސް ކައިވެނީގެ ފޮނިމީރުކަން ކޮންމެ ދެމަފިރިއަކު ވެސް ބޭނުންވާނެ ކަމަށާއި ބްރިޖްމަތީގައި ދެމަފިރިކަމުގެ ގުޅުން ހިންގަން ނުކެރޭނެ ކަމަށެވެ.

ޢާޒިމް ވިދާޅުވީ އަލަތު ކައިވެންޏާއިއެކު ދެއްވަން ވިދާޅުވި ފްލެޓް ތަޅު ދަނޑީގެ ބަދަލުގައި ޚިޔާލީ ކަރުދާސްކޮޅެއް ދިނުމަކީ ބޯހިޔާވަހިކަންލިބި ދެމަފިރިން އެކަހެރިވުމަށް ފުރުޞަތު ލިބޭ ކަމެއް ނޫން ކަމަށާއި ކައިވެންޏަށްފަހު ލިބެންޖެހޭ އުފާވެރިކަން އެފަދަ ކަރުދާސްކޮޅެއް ކުރިމަތީގައި ބާއްވައިގެން ނުހޯދޭނެ ކަމަށެވެ.

"އެހެންވީމާ ބްރިޖުމަތީގަ ކައިވެނިކުރީމަ އޮތީ ކޮން އުފަލެއްތޯ؟، ބްރިޖްމަތީގަ ދެމަފިރިންނަށް ޒަވާޖީ ހަޔާތް އެކުގައި ކުރިއަށް ގެންދެވޭނެތޯ؟" އާދަމް ޢާޒިމް ވަނީ ސުވާލުކުރައްވައިފައެވެ.
މިއަދު އޮންލައިން