ޖޭޕީން ބުނެފައިވަނީ އެމީހުން ޖޭޕީ އާއި އަތާއަތް ގުޅައިލީ މި "އަނިޔާވެރި ވެރިކަން" ނިންމަން ކަމަށެވެ. "އިރާދަކުރެއްވިއްޔާ އެންމެން ގުޅިގެން ކުރާ މަސައްކަތް އަލިވިލޭނީ އަމާން ފަތިހަކަށް" ކަމަށެވެ.
ކޯލިޝަނުން ރޭ ގަމުގައި ބޭއްވި ޖަލްސާގައި ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތް ރައްޔިތުންގެ ތެރެއިން ގިނަބައަކު އެމީހުންނަކީ ޕީޕީއެމްގެ މެންބަރުން ކަމަށާއި އެމީހުން ނުކުތީ ރައީސް މައުމޫނަށް ކުރަމުން ގެންދާ އަނިޔާތަކަށް ދެކޮޅު ހެދުމަށް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ރައްޔިތުން ތިބީ މިފަދަ ރޫޙެއްގައި ކަމަށެވެ.
އިއްޔެ މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން "2013 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް 80 އިންސައްތައަށްވުރެ މަތިން ވޯޓު ލިބުނުކަމާއި އެހެންކަމަށްވާއިރު މިފަހަރު 90 އިންސައްތައަށްވުރެ މަތިން ނުލިބެންވީ ސަބަބެއް ނެތް" ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ރޭގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ އެ އިންތިޚާބުގައި މަޑަވެލިން 10 މީހުން ވެސް ރައީސް ޔާމީނަށް ވޯޓު ނުދޭ ކަމަށެވެ. އަދި ވޯޓުދިނީ ރައީސް މައުމޫނަށާއި ޤާސިމް އިބްރާހީމްއަށް ކަމަށެވެ. އެ ދެ ލީޑަރުން ވެސް މިހާރު ތިއްބެވީ ގުޅިފައިވާ ކޯޅިޝަނުގައި ކަމަށް ވުމުން ރައްޔިތުން މިފަހަރު ވޯޓުދޭނީ ކޯލިޝަނަށް ކަމަށެވެ.
Laamu Gamugai PPM ah Emme Burakoh Masaiy kaiy kurevvi Gina adhadhegge faraaiy thakeh @Jumhooree_MV aai gulhivadaigen Mi aniyaaveri Verikan Badhalu Kurumah athaa aiy gulhaalaifi. Maruhabaa