ސަރުކާރުތަކާ ޖަމާއަތްތަކުން ކައިވެނިކޮށްދީފަ ދޭ އިނާޔަތްތައް ބްރިޖްމަތީގަ ކައިވެނިކުރާ މީހުންނަށް ވެސް ދޭނެ ނަމަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ސަރުކާރުތަކާ ޖަމާއަތްތަކުން ކައިވެނިކޮށްދީފަ ދޭ އިނާޔަތްތައް ބްރިޖްމަތީގަ ކައިވެނިކުރާ މީހުންނަށް ވެސް ދޭނެ ނަމަ-

ޔޫއޭއީގަ އާއި ސައުދިއަރަބިޔާގައި ވެސް ގިނަ އަދަދުތަކުގެ މީހުންނަށް އެއްފަހަރާ ސަރުކާރާއި ޖަމާއަތްތަކުން ކައިވެނިކޮށްދިނުމުގެ ބޮޑެތި ހަފްލާތައް ބާއްވައެވެ.

އެކަން ކުރަނީ އަމިއްލައަށް ކައިވެނި ކުރުމުގެ ފެންވަރު ނެތް މީހުންނަށް ކައިވެނިކޮށްދިނުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނާއި ކައިވެނިނުކޮށް ގިނަ ބައަކު ތިބުމުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތަކުން މުޖުތަމައު ސަލާމަތްކޮށްދިނުމުގެ ގޮތނުންނެވެ.

އެފަދަ ކައިވެނި ހަފްލާތައް ރާއްޖޭގެ ސަރުކާރުން މީގެ ކުރިން ބާއްވާފައެއް ނުވެއެވެ. ކައިވެނިކުރުމަށް ދިވެހިންގެ ފުދުންތެރިކަން ހުންނާތީ އާއި އިޖުތިމާޢީ އެފަދަ މައްސަލަތައް ރާއްޖޭގައި މިހައިތަނަށް ނެތުމުން ކަމަށްވެސް ވެދާނެއެވެ.

ރާއްޖޭގައިވެސް ސަރުކާރުން ޚަރަދުކޮށްގެން ބޮޑު ޖަމާއަތް ހަދައިގެން ކައިވެނީގެ ހަފްލާތައް ކުރިއަށް ގެންދަން ސަރުކާރުން ފެށުމަކީ މަރުހަބާ ކިޔަންޖެހޭނެ ކަމެކެވެ. ހަފްލާތައް ޒީނަތްތެރިކުރާނެ މާލީ ޤާބިލުކަން ނެތް ފަރާތްތަކަށް އެފަދަ ފުރުޞަތުތަކެއް ވެގެންދާނީ ވަރަށް ބޭނުންތެރި ފުރުޞަތެކެވެ. އެހެންކަމުން އެކަމަކީ އަހަރަކު އެތައް ފަހަރަކުވެސް ހަމަ ކުރިއަށް ގެންދަން އެންމެ ރަނގަޅު ހަރަކާތެއް ކަމަށް ބެލެވެއެވެ.

މިއީ ސަރުކާރާއި އަމިއްލަ ޖަމާއަތްތައް ގުޅިގެންވެސް ކުރެވިދާނެ ކަމެކެވެ. އަހަރަކު ހަފްލާތައް ބާއްވާނެ އަދަދު ކަނޑައަޅައި ތާރީޚްތައް ހާމަކުރުމަށްފަހު "ވެޑިންގ ވެނިޔު" ތައްޔާރުކޮށްދޭނަމަ ފަޤީރުންނަށް އުފާވެރިކަމާއިއެކު ކައިވެނި ކުރުމަށް މާލީ ދަތިތައް ނެތިގެންދާނެއެވެ.

ކައިވެނިކުރާއިރު ބޭނުންވަނީ ކޮންމެހެން 15،000 ރުފިޔާގެ ހެދުމެއް ނޫނެވެ. އެމީހުންނަށް ދިރިއުޅެވޭނެ ގޮތެވެ. ކިތަންމެ އަގުބޮޑު ހެދުމެއްލއްވާފައި ކައިވެނިކޮށްދިން ނަމަވެސް ދިރިއުޅެވޭނެ މަގު ނެތް ނަމަ ލިބޭނެ އުފަލެއް ނެތެވެ.

ރަނގަޅު ވާހަކައެކެވެ. މީގެ ކުރިންވެސް ކައިވެނިކުރާ ފަރާތްތަކަށް ގެދޮރު ދެނީ ސަރުކާރަކުން ނޫނެވެ. ހަމައެގޮތަށް ބަލައިފިނަމަ މީޣެ ކުރިން ސަރުކާރުން ބައަކު ކައިވެނިކޮށްދީފައެއް ވެސް ނުވެއެވެ. ކައވެނިކުރާއިރު ލާނެ ހެދުމަށް 28،000 ރުފިޔާ ދޭނެ ކަމަށް ބުނެފައެއްވެސް ނެތެވެ. ރައްޔިތުންގެ އެދުންތައް ކުރިއަށް ނެރުވަނީ ސަރުކާރުންނެވެ. ނެރުވީމާ ހުރިހާ ކަންކަމަށްވެސް ރައްޔިތުން އެދޭނެއެވެ. އެއީ އިންސާނީ ޔަބީއަތެވެ.

ސަރުކާރުން ވަނީ ބޮލަކަށް 8،000 ރުފިޔާ ޖެހޭ ގޮތަށް ޖާފަތެއް ވެސް ބާއްވައި ބައަކަށް ކާން ދީފައެވެ. ވީމާ ކައިވެނީގެ ހަފްލާތައްވެސް ބާއްވައި ދިނުމުގެ ޤާބިލުކަން ސަރުކާރުގައި އެބަހުރި ކަމަށް ޤަބޫލުކުރަން ޖެހެއެވެ.

އެކަމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވުނު އެކަކަށް ލިބުނީ ޕީޖީ ކަމެވެ. ދެވަނަ މީހާއަށް ލިބުނީ ސަފީރުކަމެވެ. ވީމާ އެކަމަކީ އެއްވެސް ކޮރަޕްޝަނެއް ނެތި ހިނގައި ދިއަ ކަމެއްކަންވެސް މިވަނީ ސާފުވެފައެވެ.

މިފަދަ ހަފްލާތައް ބާއްވައިގެން ޔޫއޭއީ އަދި ސައުދިއަަރަބިޔާގައި ކައިވެނިކޮށްދިނުމަށްފަހު ހަމައެކަނި ފޮޓޯއެއް ނަގުމުގެ ފުރުޞަތާއި ކައިވެނީގެ ސެޓުފިކެޓް ދީފައި ދެމަފިރިން ދޫކޮށްލަނީއެއް ނޫނެވެ. ޔޫއޭއީގައި އެންމެ ފަހުން ބޭއްވި ރަސްމިއްޔާތުގައި އެއްފަހަރާ 310 މީހުންގެ ކައިވެނި ވަނީ ކޮށްދީފައެވެ. 155 ދެމަފިރިން އުފައްދައިދީފައެވެ.

މިއިން ކޮންމެ ދެމަފިރިއަކަށް މަދުވެގެން 500،000 ދިރުހަމްގެ ހަދިޔާ ވަނީ ދީފައެވެ. އެއިގެ ތެރޭގައި ކޮންމެވެސް މަސައްކަތެއް ފަށާނެ ފައިސާ ވެސް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން ފަޤީރު ދެމަފިރިންނަށް ޚާއްޞަކޮށްގެން ޝާރުޖާގެ އަމީރު ގެންދަވަނީ ކައިވެންޏާއިއެކު ދިރިއުޅޭނެ ތަނެއް ވެސް ދެއްވަމުންނެވެ.

ސައުދިއަރަބިޔާގައި އެންމެ ފަހުން ބޭއްވި ރަސްމިއްޔާތުަގައި 190 މީހުންގެ ކައިވެނި ވަނީ ކޮށްދީފައެވެ. އެއީ 95 ދެމަފިރިންނެވެ. އެމީހުންނަށް ވެސް އަމިއްލަ ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި 500،000 ރިޔާލަ އާއި 1،000،000 މިލިއަން ރިޔާލަަ އާއި ދެމެދުން ހަދިޔާ ދިނެވެ. މީގެ އިތުރުން ސައުދީގައި ވަރިކޮށްފައި ތިބި އަންހެނުންގެ އަދަދު 2 މިލިއަނަށްވުރެ ގިނަވެފައިވުމުން ކުރިމަތިެފައިވާ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން އެފަދަ އަންހެނަކު ދެއަންބަށް ކައިވެނިކުރާނަމަ ކޮންމެ އަންހެނަކަށް 300،000 ރިޔާލަ އާއި 500،000 ރިޔާލަ އާއި ދެމެދުން ފައިސާގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން ވަނީ ފަށައިފައެވެ.

ރާއްޖޭގެ އާބާދީ ކުޑަކަމުން ފާހަގަ އެހައި މިންވަރަށް ނުކުރެވުނު ނަމަވެސް ވަރިކޮށްފައި ތިބި އަންހެނުންގެ ނިޞްބަތް މަދުވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމަށްވާއިރު އެ މައްސަލަތަކަށް ޙައްލެއް ހޯދަން މިހާރުން ފެށިގެން މަސައްކަތްތަކެއް ނުކޮށްފިނަމަ އަތްނުފޯރާ ފަށަށް އިތުރުވެގެންދާނެއެވެ.

އަލަތު ކައިންވެންޏާއިއެކު ފްލެޓެއްގެ ތަޅުދަނޑި ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. އެހެންކަމުން އެކަން ފާހަގަކުރައްވައި އާދަމް ޢާޒިމް ރޭ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވިދާޅުވީ ބްރިޖްމަތީގައި ހަމައެކަނި ކައިވެނިކޮށްދިނުމަކުން ނުފުދޭ ކަމަށެވެ. ކައިވެނިކޮށް ދިނުމުން ކައިވެނީގެ މީރުކަން ޙާޞިލުވާނެ ގޮތަށް ދިރިއުޅެވޭނެ ކޮންމެވެސް މަގެއްވެސް ދައްކަން ޖެހޭނެ ކަމަށެވެ. ހައްލަކީ ބްރިޖްމަތީގައި ކައިވެނިކޮށްދިނުން އެކަނި ނޫން ކަމަށާއި ހައްލަކީ ކައިވެންޏަށްފަހު އަމިއްލަ ދިރިއުޅުމެއް އުޅެވޭނެ މަގު ދައްކައިދިނުން ކަމަށެވެ.
މިއަދު އޮންލައިން