އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެރަށުގައި ހުންނަ ކެންގަރޫ ކިޑްސްގެ އެސް.ކޭ.ޖީ ގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ދަރިވަރުންގެ ސިލަބަހުގައި ހިމެނޭ މަޢުލޫމާތު ހޯދުމަށް އެސްކޫލްގެ އެދުމުގެ މަތިން އޮގަސްޓް 7ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ތިން ބަޔަކަށް ބަހާލައިގެންއެވެ.
އެގޮތުން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ވަނީ ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ދަރިވަރުންގެ އުމުރާއިގުޅޭ ގޮތަށް މަޢުލޫމާތު ދިނުމުގެ އިތުރުން ފުލުހުން ބޭނުންކުރަމުންދާ ޔުނިފޯރމްތަކަކީ ކޮބައިކަން ދަރިވަރުންނަށް އޮޅުންފިލުވައި ދިނުމާއި، މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފަވެއެވެ.
ކެންގަރޫ ކިޑްސްގެ އެސް.ކޭ.ޖީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ޖުމްލަ 50 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ސެޝަންތަކުގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނެވެ.
ޙަބަރު ޕޮލިސް