ހުޅުމީދޫގެ ގޭގެއަށް ފުލުހުން ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އޮގަސްޓް 7 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ވަނީ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ ފޯންކޯލްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ ރައްކާތެރިވެ ތިބުމާއި. ބޭންކް އެކައުންޓުގެ މަޢުލޫމާތާއި ކޭޝް ކާރޑްގައިވާ މަޢުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އަދި ވައްކަންކުރުންފަދަ ކަންކަމަށް މަގުފަހިވާ ކަންކަމަކީ ކޮބައިކަމާއި އެއްގަމު ދަތުރުފަތުރު ކުރާ އުޅަނދުތަކުގައި ހުންނަންޖެހޭ ސްޓިކާތަކާއި އަހަރީފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ސްޓިކާގެ މުއްދަތު ހަމަވެފައިވޭތޯ ވެސް ބަލައިފައިވެއެވެ.
މީގެއިތުރުން އެމެޖެންސީ ހާލަތްތަކުގައި ގުޅާނެ ތަންތަނުގެ ނަމްބަރުތައް ވެސް ހިއްސާކޮށްފައިވެއެވެ.
އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށްދަނީ މިފަދަ ޕްރޮގްރާމްތައް ފުލުހުން ދަނީ ކުރަމުން ނެވެ .
ޙަބަރު ޕލޮސް