އިންޑޮނޭސިއާގެ ލޮމްބަކަށް 3 ދުވަސްތެރޭ 7 ވަނަ ބިންހެލުން އައިސް މަރުވި މީހުންގެ އަދަދު 347 އަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
އިންޑޮނޭސިއާގެ ލޮމްބަކަށް 3 ދުވަސްތެރޭ 7 ވަނަ ބިންހެލުން އައިސް މަރުވި މީހުންގެ އަދަދު 347 އަށް!

އިންޑިނޭސިއާގެ ރަށެއް ކަމަށްވާ ލޮމްބަކަށް މިއަދުވެސް ބިން ހެލުމެއް އަތުވެއްޖެއެވެ. މިއަދުގެ ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.2 ގެ ބާރު މިނުގައެވެ. ބެލެވޭ ގޮތުން މިއަދުގެ ބިންހެލުމާއި ގުޅިގެންވެސް ސުނާމީއެއް އުފެދިފައެއް ނުވެއެވެ.

މިއީ ފާއިތުވި 3 ދުވަސްތެރޭ އެރަށަށް އައި ބާރުގަދަ 7 ވަނަ ބިންހެލުމެވެ. ބިންހަލުންތަކުައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 347 އަށް އަރައިފައެވެ. އެތައް ހާސް ގެދޮރެއް ވަނީ ވެއްޓިފައެއް ގިނަ އަދަދެއްގެ މިސްކިތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ބިންހެލުންތައް ގިނަވުމާއި ކާރިސާތައް އިތުރުވުމަކީ ފަހު ޒަމާނުގެ އަލާމާތެކެވެ.
މިއަދު އޮންލައިން