ޢިލްމް އުނގެނުމަށާ ހެޔޮކަންކަން ޙާޞިލުކުރުމަމަށް ފަސްޖެހުމަކީ ލަދުވެތިކަމެއް ނޫން- އެއީ ފިނޑިކަމެއް: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޢިލްމް އުނގެނުމަށާ ހެޔޮކަންކަން ޙާޞިލުކުރުމަމަށް ފަސްޖެހުމަކީ ލަދުވެތިކަމެއް ނޫން- އެއީ ފިނޑިކަމެއް: ޝައިޚް ޢަލީ ޒާހިރު

"ލަދުވެތިކަމަކީ އީމާންތެރިކަމުގެތެރެއިންވާ ކަމެކެވެ. ލަދުވެތިކަމެއް ނެތް މީހަކު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. ޢިލްމް އުނގެނުމަށާއި ހެޔޮކަންކަން ޙާޞިލުކުރުމަމަށް ފަސްޖެހުމަކީ ލަދުވެތިކަމެއް ނޫނެވެ. އެއީ ފިނޑިކަމެކެވެ."


މިއީ މިއަދު ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކުރައްވާފައިވާ ޓްވީޓެކެވެ.

ޝައިޚް ޢަލީ ޒާހިރުގެ މިބަސްފުޅަކީ މިޖުތަމައު އާއި ވަރަށް ގުޅުންހުރި ފައިދާހުރި ބަސްކޮޅެއްކަން ފާހަގަކުރެވެއެވެ.

ޢުމުރުން ދުވަސްވުމުން ބައެއް މީހުން ކްލާސްތަކުގައި ބައިވެރިވެ ކީރިތި ޤްރްއާން ކިޔަވަން ދަސްކުރަން ވެސް ފަސްޖެހެއެވެ. އެހެންކަމާއިއެކު ވެސް ޤާރީ ކްލާސްތަކާއި ކޯސްތަކުގައި ވަރަށް ގިނަ އަދަދެއްގެ އަންހެން ބޭކަނބަލުން ބައިވެވަޑައިގެން ކިޔަވާވިދާޅުވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. ފިރިހެން ބޭފުޅުން ފެންނަނީ ވަރަށް މަދުންނެވެ.

ޝައިޚް ޢަލީ ޒާހިރުގެ މި ބަސްފުޅުން އެނގެނީ ހެޔޮ ކަންކަން ދަސްކުރަން މަސައްކަތް ކުރުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫން ކަމާއި އެކަމަށް ފަސްޖެހުމަކީ ފިނޑިކަމެއް ކަމެވެ.


ތިމާއަކީ މަތީ މަޤާމެއް އަދާކުރާ މީހަކަށްވުމުން ވެސް ބައެއް މީހުން ކްލާސްތަކުގައި ބައިވެރިވަން ފަސްޖެހެއެވެ. ޝައިޚް ޢަލީ ޒާހިރުގެ ބަސްފުޅުން އެނގެނީ ހަމަ އެއްވެސް މީހަކު ޢިލްމް އުނގެނުމަށާއި ހެޔޮކަންކަން ޙާޞިލުކުރުމަމަށް ފަސްޖެހުމަކީ ލަދުވެތިވާންޖެހޭނެ ކަމެއް ނޫން ކަމެވެ.




މިއަދު އޮންލައިން