ރައީސް ޔާމީން ފައިސާ ހޯދާގޮތް އެނގެން ރައްޔިތުން ބޭނުންވޭ: މާރިޔާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައީސް ޔާމީން ފައިސާ ހޯދާގޮތް އެނގެން ރައްޔިތުން ބޭނުންވޭ: މާރިޔާ
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތް އެނގެން ރައްޔިތުން ބޭނުނުންނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިޔަސް ފައިސާ ހޯދާގޮތް އެނގެން ރައްޔިތުން ބޭނުންވާކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ''ރައްޔިތުން ތިބީ ހަލާލު ނޫން ފައިސާ އެމީހުންގެ ތެރެއަށް ގެނެސްގެން އެމީހުން ތިބީ އެބޭނުން ކުރާ ގޮތަކަށް ނޫން. އެހެންވީމަ ރައްޔިތުންނަށް ރައީސް ޔާމީން ފައިސާއޭ ވިދާޅުވެފައި ތިމަންނަ އެހޯދާ ގޮތާ ބެހޭ ގޮތުން ސުވާލު ނުކުރާށެކޭ ވިދާޅުވިޔަކަސް ރައްޔިތުންނަށް އެކަން ދޫކުރެވޭ ގޮތަކަށް ނެތް،" ކަމަށެވެ.

މާރިޔާ ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާގެ ހިޔާނާތެއް މި ސަރުކާރުން ވެފައިވާއިރު ދައުލަތުގެ މާލިއްޔަތުން ހަރަދު ކުރެވޭ ގޮތް ސާފު ކުރަން ރައްޔިތުން ބޭނުންވާ ކަމަށާއި ރައީސް ޔާމީން ނަންގަވާ ބޮޑެތި ލޯންތަކަށް އަންނަން އޮތް ޖީލުތަކުން ޒިންމާވާން ޖެހޭ ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ހުރިހާ ކަމެއް އެނގޭނީ ވެރިމީހާއަށް ކަމަށާއި ރައްޔިތުންނަށް އެ މައުލޫމާތު އެނގެން ނުޖެހޭ ކަމަށް ދެކޭ ނަމަ ރަސްކަމުގެ ސިފައެއް ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

މިއަދު އޮންލައިން