ސައިކަލެއް ކޮންޓްރޯލުން ނެއްޓި ރެޑްވޭވް ފިހާރަ ތެރެއަށް ވަދެއްޖެ

ކިޔުމަށް ހޭދަވާނީ 29ސ
ސައިކަލެއް ކޮންޓްރޯލުން ނެއްޓި ރެޑްވޭވް ފިހާރަ ތެރެއަށް ވަދެއްޖެ
މީހަކު އަތުން ސައިކަލެއް ކޮންޓްރޯލު ނުވެގެން ގޮސް، މަޖީދީމަގުގައި ހުރި ރެޑްވޭވް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ފިހާރަ ތެރެއަށް ވަދެއްޖެ އެވެ.

މިއަދު މެންދުރު ހިންގައިދިޔަ ހާދިސާ ހިނގަން މެދުވެރިވީ ސައިކަލު ޕާކު ކުރަނިކޮށް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެވެ.

ފިހާރައިގެ ފަސް ވަރަކަށް ފޫޓު އެތެރެއަށް ސައިކަލު ވަތްމަށް ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވިއެވެ. ސައިކަލު މަތީގައި ހުރި އަންހެންމީހާގެ އަތައް ޒަޚަމްތަކެއް ލިބުނު ކަމަށް ވެސް ބުންޏެވެ.
މި ހާދިސާއާއި ބެހޭގޮތުން ފުލުހުން އަދި މައުލޫމާތެއް ދީފައިއެއް ނުވެއެވެ.
މިއަދު އޮންލައިން