ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ އިންތިހާބު ކެމްޕެއިން އެޖެންޓަކަށް މިފްކޯގެ މެނޭޖިންގް ޑިރެކްޓަރް އަދުލީ އިސްމާއިލް ހަމަޖައްސައިފި އެވެ.
މިއަދު ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ޕީ.ޕީ.އެމް ގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓްވޫޓއެއްގައި ބުނެފައިވަނީ ރައީސް ޔާމިންގެ ރަސްމީ ކެންޕެއިން އެޖެންޓަކީ އަދުލީ އިސްމާއިލް ކަމަށެވެ.
ރައީސް ޔާމިންގެ އޮފީހުގައި ޕީ.ޕީ.އެމުން ކުރިއަށް ގެންދާ ރީރަޖިސްޓްރޭޝަން ކަންތަކާވެސް އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންދަނީ ވެސް އަދުލީ އެވެ.
ރައީސް ޔާމިންގެ ކެނޑިޑެންސީ ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތީ އަދުލީ އާއި ޕީ.ޕީ.އެމް ގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ވޭތުވެ ދިޔަ ތިން ދުވަހުގައި ރައީސް ޔާމީން އުޅުއްވީކެންޕެއިން ކުރެއްވުމައްޓަކައި ގދ. އަތޮޅުގައި ދަތުރު ކުރައްވައެވެ. ދަތުރުފުޅު ނިންމަވާލެވުމަށްފައު މާލެ ވަޑައިގަތީ މިއަދުއެވެ.