ޤާނޫނު އަސާސީއަށް 10 އަހަރު ފުރުނުއިރު އޮތީ ޤާނޫނުތަކުގެ ތޮށިގަނޑު: ވަކީލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޤާނޫނު އަސާސީއަށް 10 އަހަރު ފުރުނުއިރު އޮތީ ޤާނޫނުތަކުގެ ތޮށިގަނޑު: ވަކީލުން
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އަކީ ރާއްޖޭގެ ޤާނޫނު އަސާސީގެ ޙަޔާތުގައި އަމަލުކުރަން ފެށުނު 6 ވަނަ ޤާނޫނު އަސާސީއެވެ. "ފެހި" ޤާނޫނު އަސާސީއަށް 10 އަހަރު ފުރުނުއިރު އޮތީ ޤާނޫނުތަކުގެ ތޮށިގަނޑކަން ރާއްޖޭގެ ފުންނާބުއުސް ވަކީލުންގެ ޓީމަކުން ރޭ ވަނީ ފާހަގަކުރައްވައިފައެވެ.

ޤާނޫނު އަސާސީއަށް 10 އަހަރު ފާހަގަކުރަން ރޭ ބޭއްވި ޕެނެލް ޑިސްކަޝަންގައި ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި އިބްރާހީމް ރިފްޢަތު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން ފެންނަމުން މިއަންނަނީ އިންތިޒާމުކުރެވިގެން ޤާނޫނު އަސާސީގެ ޒަރީޢާއިން ޤާނޫނު އަސާސީ ހީނަރުކުރަމުން ގެންދާތަން ކަމަށެވެ. އަދި ރައީސް ޢަބްދުﷲ ޔާމީންގެ ބަސްފުޅުންނަމަ މަޖިލީހުގެ ސްޕަރ. ސްޕަރ މެޖޯރިޓީއެއް ވަނީ ސަރުކާރަށް ލިބިފައި ކަމަށާއި އެއިގެ ނާޖާއިޒު ފައިދާ ހިފައި ޤާނޫނު އަސާސީގެ ބޭސްކިކް ސްޓްރަކްޗަރ އަށް އަސަރުކުރާ ގޮތަށް ވަރަށް ބައިވަރު ޤާނޫނުތަކެއް ވަނީ ފާސްކޮށްފައި ކަމަށެވެ.

ރިފްޢަތު ވިދާޅުވީ ދައުލަތުގެ މުދަލާ ފައިސާ އާ މާލީ ޒިންމާ ގުޅޭގޮތުން ހުރި ކަންކަން ވަނީ މާލިއްޔަތު ޤާނޫނަށް ބަދަލުގެނެސް ކަންކަން ބަދަލުކޮށްފައި ކަމަށެވެ. އަދި މުސްތަޤިއްލު މަޤާމުތަކަށާއި މުއައްސަސާތަކަށް ނޭދެވޭ ނުފޫޒު ފޯރުވުމުގެ ގޮތުން ވަނީ ޤާނޫނުތައް ފާސްކޮށްފައި ކަމަށެވެ.

"އެގޮތުން އޮޑިޓް ޤާނޫނަށާ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާޙުން ވަނީ މީހުން މަޤާމުތަކުން ވަކިކޮށްފަ. ލާމަރުކަޒީ އުޞޫލުން ކަންކަން ކުރަން އޮންނައިރު ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙޫން ކައުންސިލްތަކަށް ދޭ ބާރުތައް ވަނީ ނިގުޅައިގެންފަ. ޤާނޫނު އަސާސީ ރައްޔިތުންނަށް އެންމެ ފުޅައުދާއިރާއެއްގައި ދީފައިވާ އެއްވެ އުޅުމާއި ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން ވެސް މިވަނީ ފުޅައު ދާއިރާއެއްގަ ހަނިކޮށްފަ."
ރިފްޢަތު ވިދާޅުވީ މިއީ ޤާނޫނު އަސާސީއަށް 10 އަހަރު ފުރޭއިރު ޤާނޫނު އަސާސީގެ ހަޔާތަށް ބަލައިފިނަމަ ވަރަށް ހިތާމަހުރި ކަންތައްތައް ކަމަށާއި މިކަންކަން އިޞްލާޙް ނުކުރެވިއްޖެނަމަ ވަރަށް ހިތްދަތި ކަންތައްތަކާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ޖޫޑިޝަރީގައި ހުރިކަމަށް ފާހަގަކުރެވޭ މައްސަލަތައް ފާހަގަކޮށް މީގެ 1 އަހަރު ކުރިން ޖޫޑިޝަރީ އަށާއި ދައުލަތުގެ ބަންޑާރަ ނައިބަށް މައްސަލަތަކެއް ހުށަހަޅާފައި ވާނެ ކަމަށާއި ނަމަވެސް މިއަދާއި ހަމައަށްވެސް ހަމަ އެންމެ ކަމެއްވެސް އިޞްލާޙްކޮށްފައި ނުވާކަންވެސް ވަކީލުންގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ރިފްޢަތުގެ ވާހަކަފުޅު (އޯޑިއޯ):
މިއަދު އޮންލައިން