2 ރުފިޔާގެ ޖުރުމަނާ 45،000 ރުފިޔާއަށްވެސް އަރަނީ - ވަރަށް ބޮޑު ކަންބޮޑުވުމެއް: ވިޔަފާރިވެރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
2 ރުފިޔާގެ ޖުރުމަނާ 45،000 ރުފިޔާއަށްވެސް އަރަނީ - ވަރަށް ބޮޑު ކަންބޮޑުވުމެއް: ވިޔަފާރިވެރިން
ކޮންމެވެސް ސަބަބަކާއިހުރެ 2 ރުފިޔާއެއް ނުދެއްކި އޮވެގެން އެކަމުގެ ޖުރުމަނާ 45،000 ރުފިޔާއަށްވެސް އަރައިގެންދާ ކަމަށާއި މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޖޭޕީގެ އިޤްޠިޞާދީ ކޮމިޓީ އާއި މޯލްޑިވިއަން ޓްރޭޑަރސް ޔޫނިއަން ގުޅިގެން ކުދި އަދި މެދު ވިޔަފާރިވެރިންގެ ބައަކާއިއެކު މިރޭ މާރބްލް ހޮޓަލުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ.

މިއީ މިގޮތުން ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެވެ. މިރޭގެ ބައިވެރިން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ރާއްޖެ ތެރޭގެ ކުދި ވިޔަފާރިވެރިން އަތުން ކަރަންޓަށް ނަގާ ފައިސާ ގިނަވުމާއި މީރާއިން ކުއްލިކުއްލިއަށް ޤަވާއިދަށް ބަދަލުގެނެސް ބޮޑެތި އަދަދުތަކުން ޖުރުމަނާކުރުން ފަދަ ކަންކަން ފާހަގަކުރެވެއެވެ.

މިފަދަ ބައްދަލުވުންތަކެއް ބޭއްވުމުގެ ބޭނުމަކީ ހުރި މައްސަލަތައް ދެނެގަނެ މަޝްވަރާކުރުމަށްފަހު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓްެގެ ސަމާލުކަމަށް އެކަންކަން ގެނެސް ކަންކަން އިޞްލާހުކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި އަޑު:

މިއަދު އޮންލައިން