ޒުވާނުންނަށް ޑްރަގްދީ ހަލާކުކުރާ "މާސްޓަރމައިންޑުން" މުޖުތަމައުގައި އެބަތިބި ކަމަށްވޭ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޒުވާނުންނަށް ޑްރަގްދީ ހަލާކުކުރާ "މާސްޓަރމައިންޑުން" މުޖުތަމައުގައި އެބަތިބި ކަމަށްވޭ: ޝައިޚް ޢަލީ ޒައިދު
"ޒުވާނުންގެ ވާހަކަ ދައްކާއިރު ބައެއް މީހުން ޒުވާނުން މާނަކުރަނީ ހަމައެކަނި "ޕާޓޭން" ނަށް. ވަރަށް ގިނަ ޒުވާނުންނަށް ޑްރަގްދީ ހަލާކުކުރާ ބައަކުވެސް މި (ދިވެހި) މުޖުތަމައުގައި އުޅޭ ކަމަށްވޭ. އެއީ މާސްޓަރމައިންޑުން. ދުޢާ އަކީ އެފަދަ އެންމެހައި މީހުންގެ ކިބައިން މުޖުތަމައު ސަލާމަތްވެ ހިދާޔަތު ލިބުން." ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ރޭ ވެސް މާލޭގެ އެންމެ ބޮޑު އެއް މަގުގައި ވަޅިއެއް ހިފައިގެން ޒުވާނަކު އުޅުނު ގޮތުން ބައެއް މީހުންނަށް ވަނީ ބިރުން މަގުމައްޗަށް ނުކުންނަން ނުކެރިފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ހުޅުމާލޭގައި ކޮންމެ ރެއަކުހެން ދަނީ ތޫނު އެއްޗެތިން ހަމަލާދީ މީހުން ޒަޚަމް ކުރަމުންނެވެ.

މީޑިއާގެ ސުވާލުތަކަށް ޖަވާބުދީ މީޑިއާތަކުން އެދޭ މައުލޫމާތު ފުލުހުން ހާމަކުރަމުން ދިއަ ދުވަސްވަރު ފުލުހުން ބުނެފައިވަނީ މިފަދަ ހަމަލާތައް ގިނަފަހަރު ދީފައި ހުންނަނީ މަސްތުވެގެން ތިބެ ކަމަށެވެ.


މިއަދު އޮންލައިން