މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޢަބްދުﷲ ޔާމީން ހުށަހެޅުއްވި ކެންޑިޑށޭސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ އެކަމުގެ ލިޔުން ދޫކޮށްފިއެވެ.
އިންތިޚާބުގައި ވާދަކުރެއްވުމަށް 2 ވަނައަށް ފޯމް ހުށަހެޅުއްވި ފަރާތުން ފޯމް އަނބުރާ ގެންގޮސްފައިވާތީ މިއިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު މިހާރު ލިބިވަޑައިގަންނަވާނީ ރައީސް ޢަބްދުﷲ ޔާމީން އަށާއި އިބްރާހީމް މުޙައްމަދު ޞާލިޙް އަށެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އިބޫގެ ރަނިންމޭޓަކީ ފައިޞަލް ނަސީމް އެވެ.
ރިޔާސީ ރޭހުގައި ވާދަކުރަން 7 ފަރާތަކުން ފޯމު ނެގި މިއިންތިޚާބުގެ ނަންތައް ތަރުތީބުކުރާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއީ ،1 2 ތަރުތީބު ކުރުމަށެވެ.